ކޮވިޑް-19: އިހަވަންދޫ މީހުން ޓެސްޓު ކުރަންޖެހޭ ވަގުތުގައި ޓެސްޓު ކުރާނެ - މެމްބަރު

ހދ. އިހަވަންދޫ އިން ކޮވިޑް-19 އަށް އެއްވެސް ފަރާތެއް ޓެސްޓު ކުރަންޖެހިއްޖެ ހާލަތެއްގައި ޓެސްޓު ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު، މުހައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ.
މެމްބަރު ޝިފާއު މިގޮތަށް ވިދާޅުވެފައި މިވަނީ، ކޮވިޑް-19 އަށް ފައްސިވި މީހަކާއި ބައްދަލުވި މީހުން އިހަވަންދޫގައި ތިއްބާ އެއިން އެއްވެސް މީހެއްގެ ޓެސްޓެއް ހެދުމެއްނެތި އެރަށް މޮނިޓަރިންގެ ހާލަތުން ނެގުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންގުމުން އެނިންމުމަށް ބޯނުލަނބަން ރަށުގެ ޓާސްކްފޯސް އިންނާއި ކައުންސިލުން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.
މިކަމަށް އިޝާރާތްކުރައްވާ މިރޭ ޝާހު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިހަވަންދޫ އާއި މާރަންދޫގައި ވެސް ކޮވިޑް-19 އަށް ޓެސްޓުކުރަން ޖެހޭ އެއްވެސް މީހަކު ހުރިނަމަ ޓެސްޓު ނުކޮށްދޫކޮށް ނުލާނެ ކަމަށާއި، އެކަމާއި މެދު ކަންބޮޑުވެ ވަޑައިނުގަތުމަށް ރައްޔިތުންގެ ކިބައިން އެދޭ ކަމަށެވެ.
"އިހަވަންދޫ އަދި މާރަންދޫގައިވެސް ކޮވިޑް-19 އަށް ޓެސްޓު ކުރަންޖެހޭ އެއްވެސް މީހަކު ހުރިނަމަ ޓެސްޓު ނުކޮށް ދޫކޮށްނުލާނެ. ޓެސްޓު ކުރަން ޖެހޭ ވަގުތު ޓެސްޓު ކުރާނެ. ކަންބޮޑުވެނުލައްވާ. އެކަން ދާނީ ކުރިޔަށް،" ޝިފާޢުގެ ޕޯސްޓުގައި ވެއެވެ.
-އިތުރު ތަފްސީލު އަންނަނީ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ