ތިމަރަފުށީ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގެ ދާއިމީ ނަތީޖާ އިއުލާން ކޮށްފި

މުހައްމަދު ފަޒީން
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ބައި އިލެކްޝަންނުގައި ވާދަކުރާނެ އެމްޑީޕީގެ ކެނޑިޑޭޓެއް ހޮވުމަށް ޓަކައި އެޕާޓީން އިއްޔެ ބޭއްވި ޕްރައިމަރީގެ  ދާއިމީ ނަތީޖާ ދެންމެ ތިންބާރު ވަކިކުރި ސަރަހައްދުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިއުލާން ކޮށްފިއެވެ.
ތިމަރަފުށި ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީ އިއްޔެ ބޭއްވީ އެދާއިރާގެ ތިމަރަފުއްޓާއި ގާދިއްފުއްޓާއި ގުރައިދޫ އަދި މާލޭ ގައެވެ. މިތިންރަށާއި މާލޭސިޓީގައި ބެއްޓި ވޯޓު ފޮށިތަކުގެ ނަތީޖާއަށް ބަލާއިރު ބޮޑު ތަފާތަކުން މުހައްމަދު މުސްތަފާއަށް އެމްޑީޕީގެ ޓިކެޓްގައި ރައްޔިތުން މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރުމުގެ ފުރުސަތު ލިބިއްޖެއެވެ. މުހައްމަދު މުސްތަފާއަށް 367 ވޯޓު ލިބިފައިވާއިރު އަހުމަދު ޝަފީގަށް 39 ވޯޓު ލިބުނު އިރު ޢަބްދުރަޝީދު ޢަބްދުﷲއަށް 49 ވޯޓް ލިބިފައިވެއެވެ.
މުސްތަފާއަކީ ކުރިންވެސް ތިމަރަފުށި ދާއިރާ ތަމްސީލް ކުރި ރައްޔިތުން މަޖިލީހުގެ މެމްބަރެވެ. މުސްތަފާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނީ ސްޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެންްނެވެ.
ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަނަށް އެމްޑީޕީގެ ފްރައިމަރީއަށް ވާދަކުރުމަށް ހުށަހެޅީ އަހުމަދު ހަލީމު (ދޮންބިލަތް) އެކަނިކަމުން އޭނައަށް ވަނީ ކާށިދޫ ދާއިރާގެ އެމްޑީޕީ މެމްބަރުންގެ 10 ޕަސެންޓް މީހުންގެ ތާއީދާއެކު ހުށަހެޅުމުން އެމްޑީޕީގެ ޓިކެޓް ހަވާލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ