ކާށިދޫ ދާއިރާގެ އިންތިހާބުން ނަން އަނބުރާ ނެގުމަށް މަހްލޫފް ގޮވައިލީ މަހްލޫފްގެ އަމިއްލަ ފައިދާއަކަށް: ވައްޑޭ

އަހުމަދު އިބްރާހިމް
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑިއަށް ޕީޕީއެމްއިން ކުރިމަތިލި މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ)ގެ ނަން އަންބުރާ ނަގަންޖެހޭނެކަމަށް އެޕާޓީގެ ސްޕޯކްސް ޕާރސަން އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ގޮވައިލެއްވި ގޮވައި ލެއްވުމަކީ މަހްލޫފްގެ އަމިއްލަ ފައިދާއަކަށް ގޮވައިލެއްވި ގޮވައި ލެއްވުމެއްކަމަށް ވައްޑޭ ވިދާޅުވެއްޖެއެވެ.
ކާށިދޫ ދާއިރާއިން ނަން އަނބުރާ ނެގުމަށް ރޭ ބޭއްވި ނިއުސްކޮންފަރެންސްގައި ވައްޑޭ ވިދާޅުވީ މަހްލޫފަށް އެގޮތައް ގޮވައި ނުލެއްވޭނެކަމަށާއި އެކަން މަހްލޫފްކޮށްފައިވަނީ އަމިއްލަ ފައިދާއަކަށްޓަކައި އަމިއްލަ ހައިސިއްޔަތުންކަމަށެވެ. އަދި އެއީ ޕާޓީގެ ނިންމުމެއް ނޫންކަމަށްވެސް ވައްޑޭ ވިދާޅުވިއެވެ. ނަމަވެސް މަހްލޫފަށް ލިބުނު "އަމިއްލަ" ފައިދާއަކީ ކޮބައިކަމެއް ވައްޑޭ ވިދާޅެއްނުވެވެ.
ނަން އަނބުރާ ގެންދެވީ އެއްވެސް ފަރާތެއްގެ ޕްރަޝަރުން ނޫންކަމަށާއި އެއީ ޤައުމީ ވިސްނުމެއްގައި ވިސްނެވުމަށްފަހު ކާށިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ލިބުނަ ނުދިނުމަށް ނިންމި ނިންމުމެއްކަމަށްވެސް ވައްޑޭ ރޭވިދާޅުވިއެވެ.
ވައްޑޭ ރޭ ނަން ނަންގަވާފައި މިވަނީ ކާށިދޫ ދާއިރާގެ ގޮނޑިއަށް ވައްޑޭ ކުރިމަތިލުމަށް އެދާއިރާގެ މެމްބަރުން ނޭދޭކަމަށާއި ވައްޑޭ ނަން އަނބުރާ ނަގަންޖެހޭކަމަށްވިދާޅުވެ އެކަން އެގޮތަށް ކުރުމަށް ވައްޑޭއަށް މަހްލޫފް މީޑިއާ މެދުވެރިކޮށް ގޮވާލައްވާފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ