ސެމީގެ ފަހު ދެ ޖާގަ ކޮރެއާގެ ސުވޮން އާއި ގަތަރުގެ އަލް ސާދަށް

ޕެރިސް)ސެޕްޓެމްބަރު 28( - އޭއެފްސީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފަހު ދެ ޖާގަ ކޮރެއާގެ ސުވޮން ސެމްސަން ބްލޫވިންގާއި ގަތަރުގެ އަލް ސާދު ހޯދައިފި އެވެ. ކުއާޓަ ފައިނަލުގެ ދެ ވަނަ މެޗުގައި އީރާނުގެ ސެޕަހާން އަތުން 2- 1 އިން ބުދަ ދުވަހު ބަލިވި ނަމަވެސް އަލް ސާދު ގަދަ ހަތަރު ޓީމުގެ ތެރޭގައި ހިމެނުނީ ފުރަތަމަ ލެގުގެ މެޗުން 3- 0 އިން އެ ޓީމު މޮޅުވެފައިވާތީ އެވެ. ބުދަ ދުވަހު ކުޅުނު ކުއާޓާ ފައިނަލުގެ ދެ ވަނަ މެޗުން އީރާނުގެ ޒޮބަހާން ކެޓީ ކޮރެއާގެ ސުވޮން އަތުން 2- 1 އިން ބަލިވުމުންނެވެ. ދެ މެޗުގެ އެގްރިގޭޓުން ސުވޮން ކުރި ހޯދީ 3- 2 އިންނެވެ. ސުވޮން މޮޅުވި ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1- 1 އިން އެއްވަރުވެފައިވާތީ ކުޅުނު އިތުރު ވަގުތުގަ އެވެ. މި ދެ ޓީމު ފުރަތަމަ ލެގުގައި ކުޅުނު މެޗު ވެސް ނިމުނީ 1- 1 އިން އެއްވަރުވެގެންނެވެ. މުބާރާތުގެ ސެމީ އަށް ދެން ހޮވިފައި ވަނީ ދެކުނު ކޮރެއާގެ ޖިއޮންބުކް ހަޔުންދާއި މޮޓޯސް އާއި ސައުދީ އަރަބިޔާގެ އަލް އިއްތިހާދެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ