ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަށް ވުމަށް ރަށްރަށުންގެ ބައެއް ފަރާތްތައް އެދެމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ ޔާމީން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.
ޕީޕީއެމުން ރާއްޖޭގެ ބައެއް އަތޮޅުތަކަށް ކުރެއްވި ދަތުރު ނިންމާލުމަށް ފަހު ނޫސްވެރިންނާ ބައްދަލުކޮށް ޔާމީން ވިދާޅުވީ މިދަތުރުގައި ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވަން އެއްވެސް ކެމްޕޭނެއް ކުރައްވާފައި ނުވާނެކަމަށާއި ނަމަވެސް ބައެއް ރަށްރަށުގެ ކަމުވޮށިގެންވާ ފަރާތްތަކުން އަމިއްލައަށް އެވާހަކަ މިދަތުރުގައި ބައިވެރިވި ޓީމާއި ހިއްސާކޮށްފައިވާ ކަމަށެވެ.
ޔާމީން އިތުރަށް ވިދާޅުވީ މިދަތުރުފުޅުގައި ހއ ގެ ހުރިހާ ރަށަކަށާއި ހދ އިން ކުނރިބީ އާއި ކުޅުދުދުއްފުއްޓަށް ޒިޔާރާތްކޮށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޕީޕީއެމްއަށް ސޮއިކޮށްފައިވާ ކަމަށާއި ހާއްސަކޮށް އިދިކޮޅު ފިކުރުގެ ބޭފުޅުން ގިނަ އަދަދަކަށް ޕީޕީއެމް އާ ގުޅިފައިވާ ކަމަށެވެ.
"މިދަތުރަކީ ޕާޓީއަށް މެމްބަރުން ވެއްދުމަށްޓަކައި ކުރި ދަތުރެއް. މީ ވަރަށް ކާމިޔާބު ދަތުރެއް. ހާއްސަކޮށް އިދިކޮޅު ފިކުރުގެ ވަރަށް ގިނަ ބޭފުޅުން ޕީޕީއެމްއާ ގުޅުނު،" ޔާމީން ވިދާޅުވިއެވެ.
ޔާމީން އިތުރަށް ވިދާޅުވީ ދިއްދޫއަކީ ކުރިން އެމްޑީޕީ ރަށެއް ކަމަށާއި ނަމަވެސް މިދަތުރުން ދިއްދޫއިން ޕީޕީއެމްއަށް ވަރަށް ގިނަ އަދެދެއްގެ ބަޔަކު ގުޅުނުކަމަށެވެ.
"ކުރިން ދިއްދޫއަކީ އެމްޑީޕީ ރަށެއް. ނަމަވެސް މިހާރު ތިބޭފުޅުންނަށް ފެންނާނެ ދިއްދޫ އޮތްގޮތް. ދިއްދޫއިން ވަރަށް ސަޕޯޓް އެބައޮތް،" ޕީޕީއެމްގެ ރިޔާސީ ޕްރައިމަރިގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ ޔާމީން ވިދާޅުވިއެވެ.
ޕީޕީއެމުގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް އަޅުގަނޑު ގާތުގައި ބައެއް ފަރާތްތަކުން އެދުނު: ޔާމީނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ