ހުޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއް: ސުޕްރީމް ކޯޓް

ހުޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާއިފި އެވެ. މި މައްސަލަ މިއަދު ނިންމި އިރު ރައުޔު ތަފާތުވީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒާއި ފަނޑިޔާރު މުއުތަސިމް އަދުނާނާއި އަބްދުﷲ އަރީފެވެ. އެހެން ފަނޑިޔާރުން އިއްތިފާގުވީ ހުޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއް ކަމަށެވެ.
އެ ތިން ބޭފުޅުންގެ ރައުޔަކީ ހުޅުމާލެއަކީ މާލޭގެ ޖުޑީޝަލް ދާއިރާގައި ހިމެނޭ ރަށަކަށްވާއިއިރު އެރަށުގައި މެޖިސްޓްރޭޓް ކޯޓެއް ނުހެދޭނެ ކަމަށެވެ. މި ރައުޔު އެ ތިން ބޭފުޅުންގެ އެއްގޮތް ނަމަވެސް މުއުތަސިމްގެ ރައުޔުގައި ވަކި ބައެއް ނުވަތަ މީހެއްގެ މައްސަލަ ވަކި ބެންޗެއް ކަނޑަ ނޭޅޭނެ ކަމަށް ވެސް ބުނެ އެވެ.
ހުޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއް ކަމަށް އިއްތިފާގުވި ހަތަރު ފަނޑިޔާރުން ވިދާޅުވެފައި ވަނީ އަދު އިންސާފަށް ވާސިލުވުމުގެ ފަސޭހައަށް ހުޅުމާލޭގައި ކޯޓެއް ހުންނަން ޖެހޭ ކަމަށެވެ. އަދި ސްޕީރިއާ ކޯޓުތަކުގެ ބްރާންޗްތައް ނުވަތަ ޑިވިޝަންތައް ކޯޓުތަކާ ބެހޭ ގާނޫނުގައި ބަޔާންވެފައިވާ ގޮތުގެ މަތިން ހުޅުމާލޭގައި ގާއިމްވެފައި ނުވާތީ ހުޅުމާލޭގައި ގާއިމުކޮށްފައިވާ މެޖިސްޓްރޭޓް ކޯޓަކީ ގާނޫނީ ގޮތުން ސައްހަ ކޯޓެއް ކަމަށެވެ. (ތަފުސީލު އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ