ޓްރާންސްޕޯޓުގެ ޑެޕިއުޓީ މިނިސްޓަރަށް ކުރާ ތުހުމަތުގެ ތަފްސީލަށް މައުމޫން އެދިވަޑައިގެންފި

އެމްއާރުއެމްގެ ސްލޮޓެއްގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގައި ހުންނެވި ޝިމާޒް އަލީ އަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުތަކުގެ ތަފްސީލް ހިއްސާކޮށްދެއްވަން ކުރީގެ ރައީސް އަދި އެމްއާރުއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެދިވަޑައިގެންފި އެވެ.
ޝިމާޒަށް ތުހުމަތުތަކެއް ކުރެއްވީ ޓެންޑަ ބޯޑުގައި އާއްމުން ތަމްސީލްކުރައްވާ މެމްބަރު، އިސްމާއިލް ޒަރިޔަންދެވެ.
ތިޔަވިދާޅުވާމައްސަލައިގެ ތަފުޞީލު އެމްއާރްއެމްގެއޮފީހަށްފޮނުއްވައިދެއްވުން އެދެން. https://t.co/TaJCMoIRBE— Maumoon Abdul Gayoom (@maumoonagayoom) December 22, 2020
ކޮރަޕްޝަން ހިންގާ ނަމަ ހިމޭނަކުން ނުހުންނަވާނެ ކަމަށް ވިދާޅުވަމުން އަންނަ ޒަރިޔަންދު، މައުމޫނަށް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގައި ހުންނެވި އެމްއާރުއެމްގެ ޑެޕިއުޓީ މިނިސްޓަރުގެ އަމަލުތަކުން، ދައުލަތުގެ ގަވާއިދުތަކަށް ގޮންޖަހައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކުރާ ކަން ހާމަވަމުންދާ ކަމަށެވެ. އެ މަރުހަލާގައި، އޭނާއާ މެދު ގޮތެއް ނިންމައިދޭން ވެސް އެދިވަޑައިގެންފައިވެ އެވެ.
Vehicle thakuge number plate Versagio ah dhin goiy: Fennan othee corruption ge bodu adhadheh?!
Mihaaru
މި ވެރިކަން އުފެއްދި ކޯލިޝަންގެ އެއް ލީޑަރު، މައުމޫން އެދިވަޑައިގަތީ ޒަރިޔަންދު ވިދާޅުވި މައްސަލައިގެ ތަފްސީލް އެމްއާރުއެމްގެ އޮފީހަށް ފޮނުވައިދެއްވާށެވެ.
އެމްއާރުއެމް އަބަދުވެސް ދެމިއޮންނަންވާނީ އަދި މަސައްކަތް ކުރަން ޖެހޭނީ ވެސް ކޮރަޕްޝަނާއި އަނިޔާއާ ދެކޮޅަށް ކަމަށް އެ ޕާޓީގެ މެމްބަރުންނާ އެންމެ ފަހުން ބައްދަލުކުރެއްވި ޖަލްސާގައި ވެސް މައުމޫން ވަނީ ވިދާޅުވެފަ އެވެ. އަމިއްލަފުޅަށް ކުރިން އުފެއްދެވި، ޕާޓީ، ޕީޕީއެމްގެ ވެރިކަމުގައި ވެސް ކޮރަޕްޝަނާ ދެކޮޅަށް ފާޅުގައި ނުކުމެވަޑައިގަތެވެ. އެއީ ސަރުކާރާ ދެކޮޅުވެ އިދިކޮޅާ ގުޅިވަޑައިގަތުން ކަމަށް ބަލައި އުފެދުނު މައްސަލަތަކުގައި އެންމެ ފަހުން މައުމޫން ޕީޕީއެމުން ވަކިކުރީ އެވެ.
މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ހޯދައިދިން ކަމުގެ ތުހުމަތު ޝިމާޒަށް ކުރަނީ ރާއްޖޭގައި ދުއްވާ ހުރިހާ ވެހިކަލްތަކުގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން ވަސާޖިއޯ ނަމަކަށް ކިޔާ ކުންފުންޏާ ހަވާލުކުރި މައްސަލައިގަ އެވެ. ރާއްޖޭގައި ދުއްވާ 120،000 ވެހިކަލްގެ ނަމްބަރު ޕްލޭޓް ބަދަލުކޮށްގެން އެ ކުންފުންޏަށް 68 މިލިއަނަށް ވުރެން ގިނަ ރުފިޔާ އަދި އޭގެ ފަހުން ވެސް އެ ކުންފުންޏަށް އެ މަސައްކަތުން ފައިދާވާ ގޮތަށް ހަވާލުކުރީ އެންމެ އަގުހެޔޮކޮށް ހުށަހެޅި ކުންފުނީގެ ބީލަން ބާތިލްކުރީ، ބީލަމުގައި ހިމަނަން ޖެހޭނެ ކަމަށް އިއުލާންގައި ބުނެފައި ނެތް ލިއުމެއް ހުށަހަޅާފައި ނުވާތީ ކަމަށް ބުނެ އެވެ.
މެޝިން ރީޑަބަލް ނަމްބަރު ޕްލޭޓް ހަދަން ވަސާޖިއޯއާ ހަވާލުކުރިއިރު ޓްރާންސްޕޯޓް މިނިސްޓްރީގެ ބިޑް ކޮމިޓީގެ ޗެއާއަކަށް އިންނެވީ ޝިމާޒެވެ. އެ ބީލަމުގެ ކަންކަން މިނިސްޓްރީގައި ކުރިއަށް ދިޔައިރު، ވަސާޖިއޯގެ އިސް ބޭފުޅަކާ ޝިމާޒް ބައްދަލު ކުރެއްވި ކަމަށް އޭނާ އަށް އެ މިނިސްޓްރީގެ ބޭފުޅުން ކުރާ ތުހުމަތު ވަނީ ދޮގުކުރައްވައިފަ އެވެ.
ޝިމާޒް "މިހާރު"އަށް ވިދާޅުވި ގޮތުގައި ވަސާޖިއޯގެ ކުންފުނީގެ އިސް ބޭފުޅަކާ އޭނާއާ ގާތް ގުޅުމެއް ނޯވެ އެވެ. އަދި ބިޑް ކުރުމުގެ މަރުހަލާގައި ބައްދަލު ވެސް ކުރައްވާފައި ނޯންނާނެ ކަމަށާއި ތުހުމަތު އަޅުވަނީ ސިޔާސީ ގޮތުން އަބުރު ކަތިލަން ކަމަށް ވިދާޅުވި އެވެ. ނަމްބަރު ޕްލޭޓް ވަސާޖިއޯއަށް ލިބުމުގައި މިނިސްޓްރީގެ ބަޔަކު ހިތްހަމަނުޖެހިގެން އުޅެނީ އެ މީހުން ބޭނުންވާ ކުންފުންޏަކަށް ހަވާލުނުކުރެވިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވަސާޖިއޯއާ އެ މަސައްކަތް ހަވާލުކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި ފިނޭންސް މިނިސްޓްރީގެ ބިޑް ރިވިއު ކޮމިޓީ އާއި އެޓާނީ ޖެނެރަލްގެ އޮފީހުގެ ލަފަޔަކީ އެއްބަސްވުން އުވާލައި އަލުން ބީލަމަށް ލުމެވެ. އޭސީސީން ވެސް އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ