ވެރިންގެ ޖީބު ބޮޑުވެ މަސްވެރިން ނިކަމެތި ވެއްޖެ: އުމަރު

ސަރުކާރުގެ ވެރިންގެ ޖީބު ބޮޑުވެ ރާއްޖޭގެ ހީވާގި މަސްވެރިން މިހާރުވަނީ ވަރަށްބޮޑަށް ނިކަމެތިވެފައި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.އުމަރު މިއަދު ވިދާޅުވީ މަސްވެރިން ނިކަމެތިވީ ސިޔާސީ ޕާޓީތަކުން ދިވެހި މަސްވެރިންނަށް ހުސް ވައުދުވުމުން ކަމަށެވެ.ސިޔާސީ ޕާޓީތަކުން މަސްވެރިންނަށް ހުސްވައުދު ވުމުގެ ނަތީޖާ އަކީ މަސްވެރިންގެ ދުވަހާ ގުޅިގެން ބޮޑު ކަންނެލީގެ މަސްވެރިން ކަނޑުމަތީގައި އިހުތިޖާޖު ކުރަންޖެހޭ ހާލަތަށް ކަންކަން ދިޔުން ކަމަށް އޭނާ ވިދާޅުވިއެވެ.މަހަށް ހަމަ އަގުދޭން އައި ސަރުކާރަކަށް އެކަން ކުރެވިފައިނުވާއިރު ބާނާ މަސްކޮޅު ނުކިރޭ މައްސަލަ ބޮޑުވެފައިވާ ކަމަށް އުމަރު ވިދާޅުވިއެވެ.އިއްޔެ މަސްވެރިން ކުރި މުޒާހަރާއާ ގުޅޭގޮތުން އުމަރު ވިދާޅުވީ މީގެ 12 އަހަރު ކުރިން ކަންނެލި މަސްވެރިންނާއެކު އެފަދަ މުޒާހިރާއެއް، ރައީސް އޮފީސް ކައިރީ ފަޅުތެރޭ ކުރުމުގައި އޭނާ ބައިވެރިވެފައިވާނެ ކަމަށެވެ.މަސްވެރިން ދައްކަމުން ދަނީ އެ ދުވަހު ވެސް ދެއްކި ވާހަކަ ކަމަށާއި ހާލަތު ބަދަލެއް ނުވާ ކަމަށް އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ