ރާއްޖޭގައި އިސްލާމީ ޔުނިވާސިޓީއެއް ހުރުމަކީ ލާޒިމު ކަމެއް: ރައީސް މައުމޫން

ރާއްޖޭގައި އިސްލާމީ ޔުނިވާސިޓީއެއް ހުރުމަކީ ލާޒިމު ކަމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އިސްލާމީ ޔުނިވާސިޓީއެއް ހުރުމަކީ ލާޒިމު ކަމެއް ކަމަށް ރައީސް މައުމޫން ވިދާޅުވެފައިވަނީ އެމަނިކުފާނު މިރޭ ކުރެއްވި ޓުވީޓެއްގައެވެ.
ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ރައްކާތެރިކުރުމަށާއި އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާއި އަގުތައް ދަސްކޮށް، ދެމެހެއްޓުމަށްޓަކައި ރާއްޖޭގައި އިސްލާމީ ޔުނިވާސިޓީއެއް ހުރުމަކީ ލާޒިމު ކަމެއް ކަމަށެވެ.
"ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ރައްކާތެރިކުރުމަށާއި އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާއި އަގުތައް ދަސްކޮށް، ދެމެހެއްޓުމަށްޓަކައި ރާއްޖޭގައި އިސްލާމީ ޔުނިވާސިޓީއެއް ހުރުމަކީ ލާޒިމު ކަމެއް،" އެމަނިކުފާނު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
އިއްޔެ ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވަނީ އިސްލާމިކް ޔުނިވަސިޓީއެއް ވަކީން ހިންގުމަށް ވުރެ، ގައުމީ ޔުނީވާސިޓީގެ ފެކަލްޓީއެއްގެ ގޮތުގައި ރަނގަޅު ފެންވަރެއްގައި އެކަން މާރަނގަޅަށް ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. މިކަމަށް އެތައް ބައެއްގެ ފާޑުކިއުން އަންނަނީ އަމާޒުވަމުންނެވެ. ހިސާން މިހެން ވިދާޅުވީ ގައުމީ ޔުނިވާސިޓީގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.
އެކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވެސް ވަނީ ހިޔާލުފާޅުކުރައްވައިފައެވެ. އިސްލާމިކް މިނިސްޓަރު އިއްޔެ ވިދާޅުވީ އިސްލާމީ ޔުނިވާސިޓީއާއި ގައުމީ ޔުނިވާސިޓީއަކީ ތަފާތު ދެ ފަލްސަފާއެއްގެ ދަށުން ހިންގާ މަތީ ތައުލީމު ދޭ މުހިންމު ދެ މުއައްސަސާ ކަމަށާއި އެ ދެ ޔުނިވާސިޓީ ވަކި ދެ ޔުނިވާސިޓީގެ ގޮތުގައި ހަރުދަނާކޮށް ތަރައްގީކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް މި ސަރުކާރުން ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ