ދިރާގުން ސްކޫލް ކުދިންނަށް ބައިސްކަލް މުބާރާތެއް ބާއްވަނީ

ދިރާގާއި ބައިކްމޯލްޑިވްސްއިން ގުޅިގެން ރާއްޖޭގެ ސްކޫލްތަކަށް އަމާޒުކޮށްގެން ހުޅުމާލޭ ބައިކް ޓްރެކްގައި ބައިސްކަލް މުބާރާތެއް ބާއްވަން ނިންމައިފިއެވެ. ދިރާގުން ބުނީ "މަމެން އިންޓަރ ސްކޫލް ބައިކް ޗެމްޕިއަންޝިޕް" ގެ ނަމުގައި ބާއްވާ އެ މުބާރާތް އޮންނާނީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ކަމަށެވެ. އެ މުބާރާތަކީ ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މުބާރާތެކެވެ. މިއީ ދިރާގާއެކު ބައިކް މޯލްޑިވްސް އިން މިމުބާރާތް ބާއްވާ ދެވަނަ އަހަރެވެ. މިއައަހަރުގެ މުބާރާތުގައި 16 ސްކޫލަކުން 515 ކުދިން ވަނީ ބައިވެރިވެފައިވެއެވެ. އެ މުބާރާތުގައި މިފަހަރުވެސް ތަފާތު 25 ރޭހެއް، ތިން އުމުރުފުރާގެ މެދުގައި ކުރިއަށްދާނެއެވެ. އެއީ 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 18 އަހަރުން ދަށުގެ އުމުރުފުރާއެވެ. ކޮންމެ އުމުރުފުރާއެއްގައި ވެސް އަންހެން އަދި ފިރިހެން ބައި ކުރިއަށްދާނީ ވަކިވަކިންނެވެ. މީގެ އިތުރުން 12 އަހަރުން ދަށުގެ އުމުރު ފުރާއަށް ހާއްސަ ކޮށްގެން ބާއްވާ "ފަން ރައިޑް" ގެނަމުގައި ހާއްސަ ބައިސްކަލު ރޭހެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ ރޭސްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވާގޮތުގެ ތާވަލު 26 އޭޕްރިލް 2019 - ހެނދުނު 7:00 އިން 9:00 އަށް 27 އޭޕްރިލް 2019 - ހެނދުނު 7:00 އިން ހަވީރު 4:00 އަށް މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގައެވެ. ބައިސްކަލް ދުއްވުމަކީ ތިމާވެއްޓަށް ފައިދާ ހުރި ކަމަށްވެފައި ދިވެހިރާއްޖެއަށް އެކަށީގެންވާ ކަމެއްކެވެ. ދިރާގުން ބުނީ އެކުންފުނީގެ އަމާޒަކީ ބައިކް މޯލްޑިވްސްއާ ގުޅިގެން މިފަދަ ތިމާވެއްޓާ ރައްޓެހި އަދި ދުޅަހެޔޮ އާދަތައް ސްކޫލް ދަރިވަރުން އަށަގެންނެވުމަށް ބާރުއެޅުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ