“ކަރަންޓް ކޭބަލެއް އެނދީމަ ކޭބަލް ރޯލެއް ގަންނާނެފަދަ ނެތް ކައުންސިލްތަކުން، ބޭނުންވި ނަމަވެސް ރައްޔިތު އެންމެނަށް ރޯދަ ހަދިޔާ ދޭނީ ކިހިނެތްތޯ؟” – ކުރިނބީ ކައުންސިލްގެ ރައީސް

ކަރަންޓް ކޭބަލެއް އެނދީމާ ކޭބަލް ރޯލެއް ގަންނާނެފަދަ ނެތް ކައުންސިލްތަކުން ކިތަންމެ ބޭނުންވި ނަމަވެސް ރައްޔިތު އެންމެނަށް ރޯދަ ހަދިޔާ ދޭނީ ކިހިނެތްތޯ ވިދާޅުވެ ކުރިނބީ ކައުންސިލްގެ ރައީސް މުހައްމަދު އަފްރާހް ސުވާލު އުފައްދައިފިއެވެ.
އަފްރާހްގެ ފޭސްބުކް ސްޓެޓަސްއެއް މެދުވެރިކޮށް ރޯދަ އިނާޔަތް ދިނުމާއި ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައްވަނީ ހިއްސާ ކުރައްވާފައެވެ. އެގޮތުން ދިވެހި ސަރުކާރުން ސަރުކާރު މުވައްޒަފުންނަށް ރޯދަ އިނާޔަތް ދޭއިރު ރޯދަ ހަދިޔާއާއި ޢީދު ހަދިޔާ ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތު އެންމެނަށް ނުދެއްވަނީ ދޭން ބޭނުން ނުވާތީ ނޫން ކަމަށާއި ދަޢުލަތުގެ ބަޖެޓްއިން އެކަން ކުރަން ދަތިވާތީކަމަށް އަފްރާހް ލިޔުއްވާފައިވެއެވެ.
އަފްރާހް އިތުރަށް ހާމަ ކުރައްވާފައިވާ ގޮތުގައި ކުރިނބީ ކައުންސިލްގެ ވިސްނުން ހުރީ ރައްޔިތުންނަށް އެހާމެ ބޭނުންތެރި ޚިދުމަތްތަކާއެކު ކައުންސިލަށް ޢާމްދަނީ ލިބޭނެ ދޮރެއް ހުޅުވުން ކަމަށާއި އިރާދަ ކުރެއްވިއްޔާ ކައުންސިލަށް ފަހިމަގުތަކެއް މިދަޢުރުގައި ކޮށައިދޭނެކަމަށް ވިދާޅުވެފައިވެއެވެ. އަދި އޭގެ ސަބަބުން ކުރިޔަށް އޮތްތާ ރޯދަ ހަދިޔާއަށް ސަލާމް ޖަހަން ނުޖެހޭނެވަރުގެ މާލީ މަންފާ ލިބޭނެ ދޮރުތަކެއް ހުޅުވައިދޭނެކަމަށެވެ. އަދި 30 އަހަރުން ކައުންސިލަށް އިތުރުވި 1.4 މިލިއަން ރުފިޔާ 2012 ވަނަ އަހަރު ދަޢުލަތަށް ނަގާފައިވަނިކޮށް އެ ފައިސާ ކައުންސިލަށް ނުލިބި ކައުންސިލްގެ މާލިއްޔަތަށް އަހަރަކު 2 ލައްކަ އަށް އިތުރުކޮށްދީ 5 އަހަރުގެ ދަޢުރަކުން 1.4 މިލިއަން ކައުންސިލްގެ މާލިއްޔަތަށް ވަންނާނެގޮތް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އަފްރާހްވަނީ ވިދާޅުވެފައެވެ.
މިމޭރުމުން އަފްރާހްގެ ޝުޢޫރުތައް މީސްމީޑިއާގައި ހިއްސާކުރައްވާފައިވަނީ ރޯދަމަހާއި ދިމާކޮށް ބައެއް ކައުންސިލްތަކުން ރޯދަ ހަދިޔާގެ ގޮތުގައި އެކި އެކި ހަދިޔާތައް ދޭން ނިންމަމުންދާ ދަނޑިވަޅެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ