އިންޓަރ ސްކޫލް ބައިސްކަލް މުބާރާތް ނިންމާލައިފި

ބައިކް މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ބޭއްވި އިންޓަރ ސްކޫލް ބައިސްކަލް ދުއްވުމުގެ މުބާރާތް ނިންމާލާއިފިއެވެ.
މިމުބާރާތް ނިމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދެކަނބަލުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މި ރަސްމިއްޔާތު އޮތީ ހުޅުމާލޭ ރޭސިންގ ޓްރެކްގައެވެ. "މަމެން އިންޓަރ-ސްކޫލް ބައިކް ޗެމްޕިއަންޝިޕް 2019" ނިންމުމުގެ ރަސްމިއްޔާތުގައި ކުރިއަށްދިޔަ "12 އަހަރުން ދަށުގެ ފަންރައިޑް"ގެ ބައިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މެޑަލް ޙަވާވާލު ކޮށްދެއްވައިފައެވެ. އެއީ އެ ޢުމުރުގެ ކުދިންނަށް ޚާއްސަ ކޮށްގެން ބޭއްވި އިވެންޓެކެވެ.
ދެދުވަހަށް ކުރިއަށް ގެންދިޔަ މި މިބާރާތުގައި ތަފާތު ސްކޫލްތަކުން 460 އަށްވުރެ ގިނަ ކުދިން ބައިވެރިވި ކަމަށް ބައިކް މޯލްޑިވްސް އިން ހާމަކޮށްފައިވެއެވެ.
މި ބުރާތް ކުރިއަށް ގެންދިޔައީ 12 އަހަރުން ދަށާއި، 16 އަހަރުން ފަށާއި، 18 އަހަރުން ދަށުގެ ޢުމުރުފުރާތަކަށް ކުދިން ބަހާލައިގެންނެވެ. މި މުބާރާތުގެ ކޮންމެ ޢުމުރު ފުރާއަކުން ވަނީ އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވައި އިނާމް ދީފައެވެ.
މީގެ ކުރިން ވެސް ބައިކް މޯލްޑިވްސްއިން ވަނީ މިފަދަ މުބާރާތެއް ބާއްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ