މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެމްބަރު އަސްމާ ރަޝީދުގެ ފިރިކަލުން އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ނައިބު މުހައްމަދު ހުސައިން ޝަރީފު (މުންދު) ގެ ބައްޕާފުޅު ހުސައިން ޝަރީފު އިންޑިއާގައި މިއަދު އަވަހާރަވެއްޖެ އެވެ.
ސަރުކާރުގެ އިސް މަގާމުތަކެއް ކުރިން ފުރުއްވާފައިވާ ހުސައިން ޝަރީފު އަވަހާރަވީ ހާލު ސީރިއަސް ވެގެން މީގެ ތިން ދުވަސް ކުރިން އިންޑިއާގެ ބެންގަލޫރަށް ގެންގޮސް ފަރުވާދެމުން އަންނަނިކޮށެވެ. އޭގެ ކުރިން އޭނާ އަށް އައިޖީއެމްއެޗުގައި ވެސް ފަރުވާ ދިނެވެ.
ހުސައިން ޝަރީފު އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގަ އެވެ. މީގެ އިތުރުން އޭނާ ވަނީ އެސްޓީއޯގެ ޗެއާމަންކަން ވެސް ކުރައްވައިފަ އެވެ.
ހުސައިން ޝަރީފުގެ ތިއްބަވަނީ ތިން ބޭފުޅުންނެވެ. އޭގެ ތެރެއިން އެންމެ ދޮށީ ސަރުކާރުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި މުންދު އެވެ.
ކުރީގެ މެމްބަރު އަސްމާގެ ފިރިކަލުން ހުސައިން ޝަރީފު އަވަހާރަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ