މިއަދު ސިވިލް ކޯޓުން ކުރި ހުކުމުގައި ޕީޕީއެމްގެ އޮފީސް، ވަކި ބޭފުޅަކާއި ހަވާލުކުރަން ނެތް ކަމަށާއި، ޕީޕީއެމް އޮފީސް ރައީސް އަބްދުﷲ ޔާމީން އާއި ހަވާލުނުކުރައްވާނެ ކަމަށް، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން ފެކްޝަންގެ ކައުންސިލް ބައްދަލުވުމަށްފަހު، މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މައުމޫން ވިދާޅުވީ، "ދެންމެ ގުޅުއްވާފައި ކުރީގެ ޕާޓީގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި ބޭފުޅަކު، މިހާރު އެއްވެސް ހައްސިއްޔަތެއް ނެތް ބޭފުޅަކު ޕާޓީގެ މުސްތަޝާރު ވިދާޅުވެގެން، ޕާޓީގެ އޮފީހުގެ ތަޅުދަނޑި އާއި ހަވާލުވާން އަންނަ ކަމަށް" މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ އެގޮތަށް އެކަންތަށް ނުކުރައްވާނެ ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ، ޕީޕީއެމްއަކީ ރައްޔިތުންގެ ތަރައްގީއަށް އުފެއްދި ޕާޓީއެއް ކަމަށާއި، ނަމަވެސް މިވަގުތަކީ ވަރަށް ހިތާމަވެރި ދަނޑިވަޅެއް ކަމަށެވެ. އަދި މިދަނޑިވަޅުގައި ޕާޓީގެ އަސާސީ ގަވާއިދާއި ހިލާފުވެ، ޕާޓީގެ ރައީސާއި ދެކޮޅަށް "ބަޣާވާތް" ކޮށްފައިވާ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
"މިއީ ދިވެހި ރައްޔިތުންގެ މެދުގައި ލަނދުވެތިވާންޖެހޭ ކަމެއް" ރައީސް މައުމޫން ވިދާޅުވިއެވެ.
ޕާޓީގެ ކަންތައްތަށް ވަރަށް ރަނގަޅަށް ހިނގަމުންދާ ކަމަށާއި، ޕާޓީ ނުހިނގާ ކަމަށްބުނެ ދައްކާ ވާހަކަތަކަކީ، ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް މައުމޫން ވަނީ، އެހެން ޕާޓީއަކަށް ބަދަލުވުމުގެ ވިސްނުމެތް ނެތްކަމަށް ވިދާޅުވެ، ހުންނަވާނީ ޕީޕީއެމްގައި ކަމަށްވެސް ވިދާޅުވެފައެވެ.
"އަޅުގަނޑު ޑީއާރްޕީ އަދި އެހެން ޕާޓީއަކަށްވެސް ނުދާނަން. ހުންނަވާނީ ޕީޕީއެމްގައި. އަޅުގަނޑަކީ ޕީޕީއެމްގެ ރައީސްކަމުގެ މަގާމަށް ފަސް އަހަރަށް އިންތިހާބުކޮށްފައިވާ މީހެއް. ދައުރު ހަމަވާނީ 2018 ގައި" ރައީސް މައުމޫން ވިދާޅުވިއެވެ.
ޕާޓީގެ އޮފީސް ހަވާލެއް ނުކުރާނަން - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ