ރައީސުންގެ ގަދަރު ނުގެއްލޭ ގޮތަށް ބްރޯޑްކާސްޓް ކުރުމަށް އިލްތިމާސްކޮށްފި

ރައީސް ކަމުގައި ހުންނަވާ ބޭފުޅާ އާއި ރައީސް ކަމުގެ މަގާމު ފުރުއްވާފައި ތިއްބަވާ ބޭފުޅުންގެ ނަންފުޅުތައް ބްރޯޑް ކާސްޓްކުރުމުގައި އެ ބޭފުޅުންގެ ގަދަރާއި އިއްޒަތް ނުގެއްލޭ ގޮތަށް ނިސްބަތް ކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކޮށްފި އެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ހުރިހާ ބްރޯޑްކާސްޓަރުންނަށް މިއަދު ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅާ އާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅުންގެ ނަންފުޅުތައް ބްރޯޑްކާސްޓްކުރުމުގައި ބައެއް ސްޓޭޝަންތަކުން އެ ބޭފުޅުންގެ ގަދަރާއި އިއްޒަތް ގެއްލޭ ފަދަ ގޮތަށް އެ ބޭފުޅުންނަށް ނިސްބަތްކޮށް ތަފާތު ނަންނަން ބޭނުންކުރަމުން އަންނަ ކަމަށެވެ. އަދި އެކަމަކީ ބްރޯޑްކާސްޓް ކުރުމުގެ ގާނޫނާ ޚިލާފް ކަމެއް ކަމަށާއި އެކަން ނުކުރުމަށް އެ ކޮމިޝަނުން އިލްތިމާސްކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ