މިނިވަން މުއައްސަސާތައް ޒިންމާ އަދާނުކުރާ މައްސަލަ ބަލަންޖޭހޭ: މެމްބަރު ނިހާދު

މިނިވަން މުއައްސަސާތައް އެ މުއައްސަސާތަކާ މަތިކޮށްފައިވާ ޤާނޫނީ ޒިންމާތައް އަދާނުކުރާ މައްސަލަ ކޮމިޓީތަކުން ބަލަންޖެހޭކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މިނިވަން މުއައްސަސާތަކުން ޤާނޫނީ ޒިންމާ އަދާނުކުރާ މައްސަލަ މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކުން ބަލަންޖެހޭ ކަމަށެވެ.
މިނިވަން މުއައްސަސާތައް ޒިންމާދާރު ކުރުވަން ކުރަންޖެހޭ މަސައްކަތް ބާރު ސްޕީޑުގައި ޒިންމާދާރު ކަމާއެކު ކޮމިޓީތަކުން ކުރިއަށް ގެންދަންޖެހޭކަމަށް ނިހާދުގެ ޓްވީޓުގައި ވެއެވެ.
މިނިވަން މުއައްސަސާތަކުން ގާނޫނީ ޒިންމާ އަދާ ނުކުރާނަމަ އެކަން ބަލަންޖެހޭ ކަމަށް މެމްބަރު ނިހާދު ވިދާޅުވި ނަމަވެސް، ގާނޫނީ ޒިންމާ އަދާ ނުކުރަނީ ސީދާ ކޮން މުއައްސަސާއަކުން ކަމެއް މެމްބަރު ވިދާޅުވެފައެއް ނުވެއެވެ.
އަދި މިވާހަކަ ނިސްބަތްވަނީ ކޮން މުއައްސަސާއަކަށް ކަމެއްވެސް ސާފެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ