މިނިމަމް ވޭޖްގެ އެއްވެސް ކަމެއްގައި ގާސިމް، ރައީސްއާ މަޝްވަރާއެއް ނުކުރައްވާ: ޖޭޕީ

އެންމެ ކުޑަ އުޖޫރައާއި ގުޅޭ އެއްވެސް ކަމެއްގައި، ސަރުކާރު ކޯލިޝަންގެ އެއް ލީޑަރު ގާސިމް އިބްރާހީމް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެއްވެސް މަޝްވަރާއެއް ކުރައްވާފައި ނުވާނެކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.
ޖުމްހޫރީ ޕާޓީން މިހެން ބުނެފައި މިވަނީ އެންމެ ކުޑަ އުޖޫރައަށް ކަނޑައެޅި މިންވަރު ބޮޑުވެގެން އެޕާޓީގެ ލީޑަރު ގާސިމް، ރައީސްއަށް ޝަކުވާދެންނެވިކަމަށް ރިޕޯޓްކޮށް "ދިޔަރެސް" ނޫހުގައި ލިޔެފައިވާ ލިޔުމަކާއި ގުުޅިގެންނެވެ.
ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ، އެންމެ ކުޑަ އުޖޫރަ އާއި ގުޅޭ އެއްވެސް ވާހަކައެއް ގާސިމް، ރައީސްއަށް ދަންވާފައި ނުވާނެކަމަށެވެ.
މި ލިޔުމަކީ ރައްޔިތުންގެ ތެރޭގައި ގާސިމަށް، ފަހަކަށް އައިސް އިތުރުވަމުންދާ ލޯތްބާއި އިހުތިރާމު ފެނި، އެކަން ހަޖަމްނުވެގެން ލިޔެފައިވާ ލިޔުމަކާމެދު އެއްވެސް ޝައްކެއްނެތްކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.
ސަބަބަކީ، ޚަބަރު ލިޔުނު ނޫސްވެރިޔާ، ޖޭޕީ ނުވަތަ ގާސިމްއާގުޅޭ މިފަދަ ޚަބަރެއް ލިޔެފައިވަނީ، މައުލޫމާތު ހޯދުމަށް ޖޭޕީގެ އެއްވެސް އިސް ފަރާތަކަށް ނުގުޅާކަމަށްވެސް އޭނަ ވިދާޅުވިއެވެ.
އަލީި ސޯލިހު ވިދާޅުވީ، އިސް ތަރުޖަމާން ނުވަތަ އެޑަވައިޒަރާއި، ނައިބުރައީސްއަށްވެސް މިކަން ސާފުކުރަން ގުޅާފަ ނެތުމަކީ ވަކި އަމާޒަކަށް މީހުން އަނބުރާލުމަށް ނޫސްވެރިޔާ ކޮށްފައިވާކަމެއްކަމަށް ގަބޫލުކުރެވޭކަމަށެވެ.
ނޫސްވެރިކަމުގެ ރިވެތި އަހުލާގް އިސްކޮށް ފިތުނަ އުފެއްދުން ދޫކޮށް ޚަބަރު ގެނެސްދިނުމަށް އަލީ ސޯލިހު ވަނީ އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ