ގާޒީ އިބްރާހިމް އަލީގެ މައްސަލައެއް ޖޭއެސްސީން ބަލަނީ

ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީގެ މައްސަލަ އެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފި އެވެ.ޖޭއެސްސީން ބުނީ އެ ކޮމިޝަންގެ މިއަދުގެ ބައްދަލުވުމުގައި ބަލަން ނިންމާފައިވާ އެއް މައްސަލައެއްގެ ތަހުގީގު ކޮމިޓީ އެކުލަވާލާފައިވާ ކަމަށެވެ. ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ގާޒީ އިބްރާހިމް އަލީއާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ހުށަހަޅާފައިވަނީ، ގާނޫނުއަސާސީއާ ހިލާފަށް ކޯޓު އަމުރު ނެރުމުގެ މައްސަލަ ކަމަށެވެ.އެހެން ކަމުން އެ މައްސަލަ ބެލުމަށް ތަހުގީގް ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ. ނަމަވެސް އެ ކޮމެޓީގައި ތިއްބަވަނީ ކޮން މެންބަރުންނެއް ކަމެއް ހާމަކޮށްފައެއް ނު ވެއެވެ.މީގެ ކުރިން ސުލޫކީ މައްސަލަތަކުގައި ބައެއް ފަނޑިޔާރުން ވަނީ މަގާމުން ވަކިކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ