ސިފައިންގެ 126 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ސިފައިންގެ އާއިލީ ހަވީރު ރަސްފަންނުގައި ފަށައިފި އެވެ.
އާއިލީ ހަވީރު ހުޅުވުމުގެ ރަސްމިއްޔާތުގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް އަހްމަދު ޝިޔާމާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަ ޖެނެރަލް އަހްމަދު ޝާހިދުގެ އިތުރުން ޖެނަރަލް އޮފިސަރުންނާއި ގިނަ އަދަދެއްގެ ސިފައިން ވަނީ ބައިވެރިވެފަ އެވެ.
ސިފައިންގެ އާއިލާތަކަށާއި އާންމުންނަށް ހުޅުވާލައިގެން ދެ ދުވަހަށް ކުރިއަށްގެންދާ މި އާއިލީ ހަވީރުގައި ތަފާތު އެކި ހަރަކާތްތައް އިއްޔެ ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
މިގޮތުން ސިފައިން ބޭނުންކުރާ ބައެއް އެއްގަމު އުޅަނދުތަކާއި، ސިފައިންގެ ޔުނީފޯމްތަކުގައި ފޮޓޯ ނެގުމުގެ ފުރުސަތު ހުޅުވާލެވިފަ އެވެ. އަދި ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ތަފާތު ކުޅިވަރުތަކާއި ސްޓޯލްތަކުގެ އިތުރުން ކުޑަކުދިންނާ ގުޅޭ އެހެނިހެން ހަރަކާތްތައް ވެސް ދަނީ ބާއްވަމުންނެވެ.
މިހަވީރުގައި ގިނަ އަދަދެއްގެ ސިފައިންނާއި ސިފައިންގެ އާއިލާތަކުގެ މެންބަރުންގެ އިތުރަށް ގިނަ އަދަދެއްގެ ކުޑަކުދިންނާއި އާންމު ރައްޔިތުން ވަނީ ބައިވެރިވެފަ އެވެ.
މި އާއިލީ ހަވީރު މިއަދު ވެސް، ހަވީރު 16:00 އިން 18:00 އަށް ރަސްފަންނުގައި އޮންނާނެ އެވެ.
ސިފައިންގެ އާއިލީ ހަވީރު ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ