ރައީސް މައުމޫން ދިރިއުޅުއްވާ އެންދެރިމާގެ ބަލައި ފާސްކުރަން ފަށައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދިރިއުޅުއްވާ މ. އެންދެރިމާގެ ބަލައި ފާސްކުރަން ފުލުހުން އެގެއަށް ވަދެއްޖެ އެވެ.
ފުލުހުން އެންދެރިމާގެއަށް ވަދެ ބަލައި ފާސްކުރަމުންދާއިރު އެގޭގައި ރައީސް މައުމޫނާއި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ނޫޅުއްވާ ކަމަށް އެނގިފައިވެ އެވެ.
ފުލުހުން އެންދެރިމާގެއަށް ވަދެ ބަލައި ފާސްކުރަނީ އެ ގޭގައި ފާރިސްއާ ގުޅުންހުރި ތަނެއް ހުރި ކަަމަށް ބެލެވޭތީ އެތަން ބަލައި ފާސްކުރުމަށް ކަަމަށް މައުލޫމާތު ލިބެ އެވެ.
އެންދެރިމާގެއަށް ފުލުހުން ވަދެފައިވަނީ އެގެ ހިމެނޭ ސަރަހައްދުގެ ބައެއް މަގުތައް ބަންދުކުރުމަށްފަހު އެވެ.
ފުލުހުން އެންދެެރިމާގެ ބަލައި ފާސްކުރަނީ އޭގެގެ ވެރިފަރާތުގެ ހާޒިރުގައި ނޫން ކަމަށް ރައީސް މައުމޫނާ އެކު މަސައްކަތް ކުރައްވަމުން ގެންދަވާ އައިމިނަތު ނާދިރާ ވަނީ ވިދާޅުވެފަ އެވެ.
އެންދެރިމާގެ ބަލައި ފާސްކުރުމާ ގުޅޭގޮތުން ފުލުހުން އަދި އެއްވެސް މައުލޫމާތެއް ހާމާކޮށްފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ