ކުރީގެ ޑިފެންސް މިނިސްޓަރު ކަނަލް ރިޓެޔާޑް މުހައްމަދު ނާޒިމްގެ މައްޗަސް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ސްޕްރީމް ކޯޓުގައި އިލްޔިމާސް ކުރުމުން އެ މައްސަލަ ބަލައި ނުގަނެ ސްޕްރީމް ކޯޓުން ބޭރުކޮށްލައިފިއެވެ.
ދިވެހިރާއްޖެ އަށް ހަނގުރާމަވެރި ހަތިޔާރު އެތެރެކޮށް ގެންގުޅުނު ކަމުގެ ކުށުގައި ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމުގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލާފައިވާއިރު ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ފުލުހުން ބުނާ ޑީއެންއޭ ރިޕޯޓް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން މިދިޔަ ބުރާސްފަތިދުވަހު ވަނީ ސުޕްރީމް ކޯޓަށް ފޮނުވައިފަ އެވެ.
ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފައިވާތީ ސުޕްރީމް ކޯޓަށް ހުށަހެޅި އިލްތިމާސްގެ މައްސަލަ ބޭރުކޮށްލީ އެ ހުކުމް ބާތިލް ކުރަން ޖެހޭ ކަމަށް ބުނެ ހުށަހެޅި ސަބަބުތަކަށް ބެލުމުން އެ ހުކުމް ބަދަލު ކުރަން ޖެހޭ ފަދަ ކަމެއް ނެތުމުން ކަމަށް ބުނެއެވެ އެވެ.
މީގެއިތުރުން ހައިކޯޓު ކޮށްފައިވާ ހުކުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ހުކުމަކަށްވާތީ އެ ހުކުމަށް އެއްވެސް ބަދަލެއް ގެންނަންޖެހޭ ފަދަ ޝަރުއީ އަދި ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ވަނީ ބުނެފަ އެވެ.
މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމާފައިމިވަނީ މައްސަލައާ ގުޅޭ އާ ހެކިތަކެއް ސުޕްރީމް ކޯޓަށް ނާޒިމްގެ ފަރާތުން ހުށަހަޅާފައިވަނިކޮށެވެ. މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން އިޖުރާއީ ދެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ބާއްވާފައިވާއިރު އެ ދެ އަޑުއެހުމުގައި ވެސް ނާޒިމްގެ ފަރާތުން ގިނަ ނުކުތާތަކެއް ފާހަގަކޮށްފައިވެ އެވެ.
ސުޕްރީމް ކޯޓަކީ އިސްތިއުނާފްގެ އެންމެ ފަހު މަރުހަލާ ކަމަށް ވެފައި ސުޕްރީމް ކޯޓުގެ އެ ނިންމުމާ އެކު އިސްތިއުނާފްގެ ހުރިހާ ދޮރެއް ނާޒިމަށް ބަންދުވީ އެވެ. އެ އަދަބުން ނާޒިމަށް ދެން ސަލާމަތްވެވޭނީ މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ ދަށުން އޭނާއަށް ރައީސުލްޖުމްހޫރިއްޔާ މައާފް ދެއްވުމުން ނުވަތަ އަދަބު ލުއިކޮށް ދިނުމުންނެވެ.
ނާޒިމްގެ އިލްތިމާސް މައްސަލަ ސްޕްރީމް ކޯޓުން ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ