މި ސަރުކާރުން ސިއްހީ ދާއިރާއިން ވެފައިވާ ވައުދުތަކުގެ ނުވަދިހަ އިންސައްތަ ކާމިޔާބު ކުރެއްވިފައިވާކަމަށް މިނިސްޓްރީ އޮފް ހެލްތުން ވިދާޅުވެއްޖެއެވެ.
"ޞިއްޙަތުގެ ހިޔާ އެންމެނަށް ޔަޤީންކޮށްދީފި" މިނަމުގައި ފެކަލްޓީ އޮފް ހެލްތް ސައިންސްގައި ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު ހުސައިން ރަޝީދު ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ސިއްޙީ ދާއިރާއިން 20 ވަޢުދެއް ވެވަޑައިގެންފައިވާއިރު މިވައުދުތައް ތަންފީޒް ކުރެއްވުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވާފައިވާ ކަމަށެވެ.
މީގެ ތެރޭގައި އާބާދީގެ ބޮޑުމިނަށް ބެލުމެއްނެތި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޑޮކްޓަރުންގެ ޚިދްމަތް ތަޢާރަފް ކުރައްވަން ކުރައްވާ މަސައްކަތުގެ ދަށުން 16 ރަށުގައި މިޚިދްމަތް ފަށްޓަވާފައިވާކަން ބަޔާންކުރެއްވިއެވެ.
އަދި ސީ އެމްބިޔުލަންސް ގެ ހިދްމަތް ޔަގީންކޮށްދެއްވުމާއި , ހުސްނުވާ އާސަންދައިގެ ހިދުމަތާއި ސުޕާސްޕެޝަލިސްޓުންގެ ހިދްމަތް ކުރިއަށްވުރެ ފުޅާ ދާއިރާ އެއްގައި ދެމުންގެންދާ ކަން ފާހަގަ ކުރެއްވިއެވެ.
ސިއްޙީ ދާއިރާގެ ވައުދުތަކުގެ 90 އިންސައްތަ ފުއްދިއްޖެ- ހެލްތް މިނިސްޓަރ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ