ވިމްލާ ކޮންސްޓްރަކްޝަންސްއަށް 78.6 މިލިއަން ރުފިޔާ ދެއްކުމަށް ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.
މިދިޔަ ހޯމަ ދުވަހު ދައުލަތުގެ މައްޗަށް އެފައިސާ ވިމްލާއަށް ދެއްކުމަށް ސިވިލް ކޯޓުން އަމުރު ކުރީ ސުނާމީގައި ގެދޮރު ގެއްލުނު ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރުގެ ހަރަދުގައި އަޅައިދިން ގެތަކުގެ ތެރެ އިން ގއ. އަތޮޅުގެ ތިން ރަށެއްގައި އަޅައިދިން ގެތައް އެޅުމަށް ވިމްލާ އިން ކުރި މަސައްކަތަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުންނެވެ.
ކޯޓުން އިއްވި ހުކުމުގައިވަނީ ވިމްލާއާ ހަވާލުކުރި މަސައްކަތް އެ ކުންފުނިން ނިންމާފައިވާ ކަމަށް ދައުލަތުން އިންކާރުކޮށްފައިނުވާ ކަމަށާއި އަދި އެ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއް ނޫން ކަން ދަލީލުކޮށްދޭ ފަދަ ހެއްކެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށެވެ.
އެހެން ކަމުން އެ ދައުވާގައި ހޯދަން ވިމްލާ އިން އެދުނު 78.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ތިން މަސް ތެރޭގައި ވިމްލާ އަށް ދައްކާ ހަލާސް ކުރުމަށް އެ ހުކުމުގައި ވަނީ އަންގާފައެވެ.
ސުނާމީގައި ގެދޮރުގެއްލުނު މީހުންނަށް ގެދޮރު އަޅައިދިނުމަށް ހިންގި މަޝްއޫގެ ދަށުން ގއ. މާމެންދޫ، ދާންދޫ އަދި ނިލަންދޫގައި ވިމްލާ އިން ވަނީ 298 ގެ އަޅާފައެވެ.
2008 ވަނަ އަހަރު އެ މަސައްކަތް ވިމްލާއާ ހަވާލުކުރީ 14 މަސް ތެރޭގައި ނިންމާގޮތަށް. އެހެން ނަމަވެސް އެމުއްދަތުގައި ވިމްލާއަށް އެ ގެތައް ނިންމިފައެއް ނުވެއެވެ.
ވިމްލާ އަށް 78.6 މިލިއަން ރުފިޔާ ދެއްކުމަށް ދައުލަތުގެ މައްޗަށް ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ