މާލެ އަންނަ ދޯނިތަކުގެ ފަޅުވެރިން މާލެ ނުފޭބުމަށް އިލްތިމާސްކޮށްފި

އަތޮޅު ތެރެއިން މާލެ އަންނަ ދޯނިފަހަރުތަކުން މީހުން މާލެއަށް ފައިބާ ނުހެދުމަށް ހެލްތު އެމަޖެންސީ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް އިސްތިމާސް ކުރައްވައިފިއެވެ.ރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނަޒްލާ ވިދާޅުވީ ދޯންޏަށް މުދާ އަރުވަންދާ މީހުންވެސް ތިބެންޖެހޭނީ ދޯނީގެ ފަޅުިވެރިންނާއި ދިމާ ނުވާ ގޮތަށް ކަމަށެވެ. އެއްވެސް މީހެއްގެ ގައިން ބަލީގެ އަލާމާތް ފެނިއްޖެ ނަމަ އެކަން ލަސްނުކޮށް ކަމާ ބެހޭ ފަރާތްތަކަށް އަންގާ ޓެސްޓު ކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.ނަޒްލާ މިފަދައިން ވިދާޅުވެފައި މިވަނީ ދާދިފަހުން މާލެ ދަތުރުކުރާ ދެ ބޯޓެއްގެ ބަޔަކު ކޮވިޑް19 އަށް ޕޮޒިޓިވްވުމުންނެވެ. އަތޮޅުތަކުގައި މިހާރު މިބަލި ފެތުރެމުން އަންނައިރު ނަޒްލާ ވިދާޅުވީ އެންމެ މުހިއްމީ މާލެއިން ދާ ފަރާތްތައް 14 ދުވަހުގެ ކަރަންޓީނެއްގައި ތިބުން ކަމަށެވެ.ޑރ.ނަޒްލާ އިތުރަށް ވިދާޅުވީ ޖުލައިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމާ ގުޅިގެން ފަތުރުވެރިން މިހާރު ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރަމުންދާތީ އެ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެ ރިސޯޓަކުން އެހެން ރަށަކަށް ދާނަމަ އެރަށަކަށްގޮސް 14 ދުވަހު ކަރަންޓީން ވާންޖެހޭނެ ކަމަށެވެ. އަދި އެކަން ރަށު ކައުންސިލަށް އަންގަންޖެހޭނެ ކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.މާލެ ސަރަހައްދުގައި އިއުލާންކުރި ލޮކްޑައުނަށް ބޮޑެތި ލުއިތަކެއް ދިން ފަހުން އަނެއްކާވެސް މި ބައްޔަށް ފައްސިވާ މީހުންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވާން ފަށާފައެވެ. އެގޮތުން އިއްޔެ އެކަނި ވެސް 156 މީހަކު މި ބައްޔަށް ފައްސިވި ވިއިރު، އޭގެތެރެއިން 134 މީހުންނަކީ ދިވެހިންނެވެ.މި ބަލީގައި މިހާތަނަށް ރާއްޖޭން މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 11 ދިވެއްސަކާއި ހަ ބިދޭސީއެކެވެ.ރާއްޖެއިން މިހާރު ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު، އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 3،949 އަށް އަރައިފަ އެވެ.ރާއްޖޭގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެ، ދިވެހިންގެ މެދުގައި އެ ބަލި ފެތުރޭ މިންވަރު އިތުރުވުމުން، މާލެ ސަރަހައްދުގައި އާންމު ތަންތަނުގައި އުޅޭއިރު މާސްކު އެޅުން ސަރުކާރުން ވަނީ މިހާރު މަޖުބޫރު ކޮށްފަ އެވެ. އެއާ ޚިލާފުވާ މީހުން 1،000ރ. އިން ޖޫރިމަނާ ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ