ރާއްޖޭގެ މައި ޕޯޓު އެމްޕީއެލް ހުންނަ މާލޭގެ އިތުރުން، ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމު ކުރެވިފައިވާ ދެ ޕޯޓުގެ ވަށައިގެންވާ ރަށްރަށުގައި ވިޔަފާރިވެރިން މުދާ ގުދަން ކުރާ، ގުދަންތައް ހެދިގެންދާތަން ދެކެން ބޭނުންވާ ކަމަށާއި، އެކަމުގެ ސަބަބުން ރައްޔިތުންނާއި، ކުދި ވިޔަފާރިތަކަށްވެސް އެކަމުގެ ހެޔޮ ނަތީޖާ ފެންނާނެ ކަމަށް ދެކެވަޑައި ގަންނަވާ ކަަމަށް މަކުނުދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ.
އިއްޔެގެ މަޖިލިސް ޖަލްސާގައި ސަރުކާރުގެ ފަރާތުން، ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 31/79 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މެމްބަރު ރާޢީ ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި 2008 ވަނަ އަހަރު ރާއްޖޭގެ ވިޔަފާރިވެރިންނަށް ފުރުޞަތު ހުޅުވައިލާފައި ބޭއްވި ގޮތަށް، އެއަށްވުރެ ފުޅާކޮށް އެ މަސައްކަތް އަނެއްކާ ފެށިގެންދިއުން އެދޭކަމަށެވެ.
މެމްބަރު ރާޢީ ވިދާޅުވިއެވެ.
މެމްބަރު ރާޢީގެ ވާހަކާގައި ވަނީ ރައީސް ނަޝީދު ވެރިކަމުގައި ރާއްޖޭގެ އުތުރާއި، ދެކުނުގެ ޕޯޓުގެ މަސައްކަތްތައް ފުޅާވެ، އޭގެ ހެޔޮ ބަދަލުތައް ފެނިގެން ދިޔަކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ރައީސް ނަޝީދުގެ ވެރިކަމުގައި އެމަގުން ކުރެވުނު މަސައްކަތްތަކަށް އަލި އަޅުވާލައި، ތައުރީފް ކުރަށްވާފައެވެ.
” އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ، އޭރު ހަމަ އިއްޒަތްތެރި ރައީސްގެ ވެރިކަމުގައި ރަށްރަށުގައި ވިޔަފާރިވެރިންނަށް، އެ ހިސާބުގަނޑުގެ ވިޔަފާރިވެރިންނަށް ކުޅުދުއްފުށީ ޕޯޓުގައި އަދި އައްޑޫ ޕޯޓުގައި ވެސް ހަމަ އެވެއާނެސް ޕްރޮގްރާމުތައް ހިންގަމުންދިޔައީ. އަޅުގަނޑު ދުށިން އެ މަންޒަރު. ބައިވަރު ވިޔަފާރިވެރިން އައި. އެއަށްފަހު، އެ ބޭފުޅުން ހަމައެކަނި މާލޭގެ ވިޔަފާރިވެރިންނެއް ނޫން، ބުނާ ހިސާބުގަނޑުގެ ބޭފުޅުން ވެސް ރާއްޖެއިން ބޭރުން އޭގެ މަޢުލޫމާތު ލިބިގެންގޮސް މުދާ އެތެރެކޮށް ޑައިރެކްޓްލީ އެ ޕޯޓުތަކަށް ގެންދަން ފެށީ. އޭގެތެރެއިން ބައެއް ބޭފުޅުން މިހާރުވެސް އެކަން ކުރަމުންގެންދޭ. އެކަމަކު ވެސް މި ބުނާހެން ވަރަށް އުނދަގޫތައް އެބަހުރި. އޭގެތެރެއިން އަޅުގަނޑު ފާހަގަކޮށްލަން އެމް.ޕީ.އެލުން؛ އިންޓެސިވްތައް ހަމަ ވިޔަފާރިވެރިންނަށް ދެވި މިއަށްވުރެ ރަނގަޅަށް މިކަންތައް ކުރެވެންޖެހޭނެ. ” މެމްބަރު ރާޢީ ވިދާޅުވިއެވެ.
މެމްބަރު ރާޢީ ވިދާޅުވީ އައްޑޫ އަތޮޅު ހިތަދޫ ޕޯޓާއި ކުޅުދުއްފުށީ ޕޯޓަށް މުދާ ގެންދެވޭނީ، އެ ތަންތަން އޮޕަރޭޓްކުރެވޭނީ ކޮންގޮތަކަށްތޯ ބަލައި، މި ފަހުގެ ތާރީޚެއްގައި އެންމެ ރަނގަޅަށް ވިޔަފާރިވެރިންނަށް އަދި އެ ސަރަޙައްދުތަކުގެ ވިޔަފާރިވެރިންނަށް އެ މަސައްކަތް ކޮށްދެއްވޭނެ ވިސްނުންފުޅެއް ފުރަތަމަ ގެންނެވީ، 2008 ވަނަ އަހަރު އޮތް އެމްޑީޕީގެ ވެރިކަމުގައި ރައީސް، ރައީސް ނަޝީދު ކަމަށެވެ. އަދި ވަރަށް ގާތުން އެ މަސައްކަތްތައް ފުޅާވަމުން އައި މަންޒަރު ދެކެވަޑައިގަތް ކަމަށް މެމްބަރު ރާޢީ ވިދާޅުވިއެވެ.
” ރާއްޖޭގެ ލޮޖިސްޓިކު ނެޓްވޯކް ފުޅާވެގެން އައިވަރު އެ މަސައްކަތްތަކާއި، ކޮންޓެއިނަރ އުފުލުމުގެ ތެރޭގައި ބިޔަ ބޮޑެތި ދޯނިތައް ބަނދެ، އެ މަސައްކަތުގެ ތެރެއަށް ވަރަށް ގިނަ ދިވެހިން ނިކުމެގެންދިޔަ ތަން. އަޅުގަނޑު ދުށިން، ފުރަތަމަ ޕޯޓުތައް ހުޅުވައިލައިގެން ފުރަތަމަ މަހު އެއް ކޮންޓެއިނަރ، ދެ ކޮންޓެއިނަރ، މިހެންގޮސް މާލޭގެ ވިޔަފާރިވެރިން ޝާމިލުވެގެން އަދި އަތޮޅުތަކުގެ ވިޔަފާރިވެރިން ވެސް ޝާމިލުވެގެން، ފަހުން އައިސް ވެރިކަން ވައްޓާލަންދެކަށް، ފަހުކޮޅަށް އައިސް އިއްޒަތްތެރި ރައީސް، ސަތޭކަ ކޮންޓެއިނަރަށް ވުރެ ގިނަކޮށް މަހެއްގެ ތެރޭގައި ދެކޮޅު ޕޯޓަށް ގެންދަމުންދިޔައީ، އޭގެ ސަބަބުން އަޅުގަނޑު ދުށިން މާލެއާ އެއްގޮތަށް ކުޅުދުއްފުށީ ޕޯޓު، އައްޑޫ ޕޯޓުގައި މަޖޫރީން ތިބި ތަން. މަޖޫރީންނަށް ލާރި މާލެއާ އެއްގޮތަށް ލިބިގެންދިޔަ ތަން. އަޅުގަނޑު ނުދެކެން މާލޭގެ ވިޔަފާރިވެރިން، އެ ބޭފުޅުންގެ ކޮންޓެއިނަރ އެކޮޅަށް ގެންދަން ވެގެން ކަންބޮޑުވެގެން އުޅުނު ތަނެއް. އެއާއެއްކޮށް ގެނެވުނު ރަނގަޅު ބަދަލަކީ އިއްޒަތްތެރި ރައީސް، އޭރު މާލެއިން ގެންދާ ކޮންމެ ކޮންޓެއިނަރެއް ވެސް %30 ޑިއުޓީ ފްރީ ޑިއުޓީން ޑިޑަކްޝަން ލިބެމުންދިޔައީ. މިހާރު އޮތް ބިލުގައި އަޅުގަނޑަށް ފާހަގަވި، ބައެއް އައިޓަމްތައް %50 އަދި ބައެއް އައިޓަމުތައް ފްރީކުރަން. އަޅުގަނޑު ވަރަށް ތާއީދުކުރަން. ހަމަ މިގޮތަށް އަޅުގަނޑަށް ފެންނަ ގޮތުގައި ކުރިއަށްވުރެ މާ ފުޅާކޮށް މި މަސައްކަތް މިހާރު ކުރެވިދާނެ.” މެމްބަރު ރާޢީ ވިދާޅުވިއެވެ.
މެމްބަރު ރާޢީ ވިދާޅުވިއެވެ.
މެމްބަރު ރާޢީ ވަނީ މާލޭގައި ވިޔަފާރިކުރާ ވިޔަފާރިވެރިން ގެންނަ މުދާ ޑައިރެކްޓުކޮށް ކުޅުދުއްފުށީ ޕޯޓަށާއި، އައްޑޫ ޕޯޓަށް ގެންނަން ފަށަން ގޮވާލަށްވާފައެވެ. އަދި ވިޔަފާރިވެރިން އެގޮތަށް އެކަން ކުރުމަށް މަގު ފަހިކުރުމަށް ވިޔަފާރިވެރިންނަށް ޚާއްސަ އިނާޔަތްތައް އެ ދެ ޕޯޓުން ހަމަޖައްސައިދޭން މެމްބަރު ރާޢީ ވަނީ އެދިވަޑައިގެންފައެވެ.
މެމްބަރު ރާޢީ ނިސްބަތްވެ ވަޑައިގަންނަވާ މަކުނުދޫ ދާއިރާގެ ނޭކުރެންދޫ އަދި ކުމުންދޫ އަކީ އުތުރުގެ ޕޯޓު އޮންނަ ކުޅުދުއްފުށީ ސިޓީއާއި ކައިރީ އޮންނަ ބިންބޮޑު، އަތޮޅަށް ބަލާއިރު އާބާދީވެސް ބޮޑު ރަށްތަކުގެ ތެރޭގައި ހިމެނޭ ދެރަށެވެ.
ޕޯޓުތައް ހުންނަ ސަރަހައްދުގެ ރައްތަކުގައި މުދާ ގުދަންތައް ހުންނަތަން ދެކެން ބޭނުން: މެމްބަރު ރާޢީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ