ސަރުކާރު އޮތީ ސާބިތުކަން މަތީ ސަލާމަތުން: ޝަރީފު

މި ސަރުކާރު އޮތީ ސާބިތުކަން މަތީ ސަލާމަތުން ކަމަށް ރައްޔިތުން މަޖިލިހުގެ މަރަދޫ ދާއިރާ މެންބަރު އިބްރާހީމް ޝަރީފު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވި އިރު ރައްޔިތުން މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އިކްނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން މަސައްކަތް ކުރައްވާ ދަނޑިވަޅެއްގައި މަޖިލީހުގައި އޮތް އެމްޑީޕީގެ ސުޕް މެމޯރިޓީ ވެސް ދެ ކަފި ވެފައި ވެސް ވަނިކޮށެވެ.
އިބްރާހިމް ޝަރީފަކީ މިނިސްޓަރު ފައްޔާޒާއި ސަރުކާރުގެ ދިފާއުގައި ވަކާލަތު ކުރައްވާ މެންބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ބޭފުޅެކެވެ.
ޝަރީފުގެ އެހެން ޓްވީޓެއްގައި ވިދާޅުވީ އޭނާ ވެސް ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީއަށް ކުރިމަތިވެފައިވާ ކްރައިސިސް އަކީ އެ ޕާޓީގެ ތާރީހުގައި ވެސް ކުރިމަތިވި އެންމެ ބޮޑު އެފަދަ ދަތި ކަމަށާއި ވީހާވެސް އަވަހަކަށް އެކަން ހައްލު ކުރަން ޖެހޭ ކަމަށެވެ. އޭނާ އަދި ވިދާޅުވީ މިވަގުތަށް ސަރުކާރު އޮތީ ރައްކާތެރި، އަދި ސަލާމަތުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ