ބޮޑެތި ހާދިސާތަކުގެ ތަހުގީގު ހިންގާ ޔުނިޓުގެ ވެރިޔާގެ މަގާމުން ސާމިހު ވަކިކޮށްފި

ހޯމިސައިޑް އެންޑް ޑެތު އިންވެސްޓިގޭޝަން ޔުނިޓްގެ އިސްވެރިއަކަށް ހުންނެވި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު އެ މަގާމުން ވަކިކުރައްވައިފި އެވެ.
ފުލުހުންގެ އޮފިޝަލަކު ވަނީ ވޮއިސްއަށް އެކަން ޔަގީން ކޮށް ދެއްވާފަ އެވެ. ނަމަވެސް އެ ބަދަލު ގެންނެވި ސަބަބެއް ވިދާޅެއް ނުވެ އެވެ.
އެފަދަ ބަދަލެއް ގެނެސްފައި މިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު, އުސް އިމާރާތަކުން ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު ހާދިސާގެ ތަހުގީގާ މެދު ސުވާލު އުފައްދާ ސާމިހު ހުންނެވި މަގާމުން ވަކިކުރަން ގޮވާލާ އަޑުގަދަވެފައި ވަނިކޮށެވެ.
Advertisement
އެ މައްސަލަ ބެލުމުގައި އިސްކޮށް ހުންނެވީ ވެސް ސާމީ އެވެ.
އަންހެން މީހާ ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގާމެދު ކުރީކޮޅު ވަރަށް ސުވާލު އުފެދުނެވެ. އެ މައްސަލާގައި ފުލުހުން މައުލޫމާތު އާންމުކުރަމުން އައި ގޮތާމެދު ސުވާލު އުފެދިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ