މި ގައުމުގައި ހަރަކާތްތެރިވާ އެހެން ގައުމުތަކުގެ ޖާސޫސުންގެ މައުލޫމާތު އެނގޭ ކަމަށާއި އެ މީހުންގެ ނަންތައް ހާމަކުރުމަކީ ކުރާ ކަމެއް ނޫން ކަމަށް ޑިފެންސް މިނިސްޓަރު، ގައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
އަސްކަރީ އެއްބަސްވުންތަކުގެ މައުލޫމާތު ހާމަނުކުރާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް މެންބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ގައްސާން ވިދާޅުވީ ދުނިޔެ ބައްޓަންވެފައި އޮތް ގޮތުން ކިތަންމެ ގާތް، ރަހުމަތްތެރި ގައުމުގައި ވެސް އެހެން ގައުމުތަކުގެ ޖާސޫސީ އޭޖެންޓުން އުޅޭ ކަމަށެވެ. ނަމަވެސް އެ މީހުންގެ ނަންތައް ހާމަކުރުމަކީ ކުރާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގައި މަސައްކަތް ކުރާ އެކަލަ މީހުންގެ މައުލޫމާތު ޑިފެންސް އިންޓެޖިލެންސް ސާވިސްއަށް އެނގޭނެ. އެ މީހުން ކުރަމުން ގެންދަނީ ކޮން ކަމެއްކަން އަޅުގަނޑުމެން މިދަނީ ބަލަމުން. އެ މީހުންގެ ނަންތައް ހާމަކުރުމަކީ މި މަސައްކަތް އޮންނަ ގޮތުން ކުރާ ކަމެއް ނޫން،" ގައްސާން ވިދާޅުވި އެވެ.
ދިވެހިރާއްޖޭގައި އުޅޭ ޖާސޫސީ އޭޖެންޓުންގެ މައުލޫމާތު އެނގޭ ކަމަށް ގައްސާން ވިދާޅުވިއިރު، މި ސަރުކާރުގެ ވެރިން އިދިކޮޅުގައި ތިއްބެވިއިރު، އަވައްޓެރި އިންޑިއާގެ ރޯ އޭޖެންޓުން ރާއްޖޭގެ އެކި ތަންތަނުގައި ވަޒީފާ އަދާ ކުރަމުންދިޔަ ކަމަށް ތުހުމަތު ކުރި އެވެ. އަދި އިންޑިއާ ސިފައިންނާއެކު އެ މީހުން ވެސް ރާއްޖެއިން ބޭރު ކުރުމަށް އޭރު ޕީޕީއެމް/ޕީއެންސީން ގޮވައިލި އެވެ.
ބޭރުގެ ޖާސޫސީ އޭޖެންޓުންގެ މައުލޫމާތު އެނގޭ، އެ މީހުންގެ ނަންތައް ހާމަކުރުމަކީ ކުރާ ކަމެއް ނޫން: ގައްސާން ބޭރުގެ ޖާސޫސީ އޭޖެންޓުންގެ މައުލޫމާތު އެނގޭ، އެ މީހުންގެ ނަންތައް ހާމަކުރުމަކީ ކުރާ ކަމެއް ނޫން: ގައްސާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ