ރާއްޖޭގެ 57 ރަށެއްގައި ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ކޮށްދޭނެ ކޮންޓްރެކްޓަރުން ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އަލުން އިއުލާނުކޮށްފި އެވެ.
ވީ ކިހިނެއް؟ - މީގެ ކުރިން މިދިޔަ ޖެނުއަރީ މަހު ވެސް އެ މިނިސްޓްރީން ވަނީ ބޯހިޔާވަހިކަމުގެ އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ކޮންޓްރެކްޓަރުން ހޯދަން އިއުލާނުކޮށްފަ އެވެ.
އެނގުން މުހިއްމު - މީގެ ކުރިން ފިނޭންސް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން 57 ރަށެއްގައި ޖުމްލަ 12،000އަށް ވުރެ ގިނަ ހައުސިން ޔުނިޓު އަޅާނެ ކަމަށެވެ. އެގޮތުން، މި މަޝްރޫއުގައި ހިމެނެނީ:
ކެޓަގަރީ 1: 50 ހައުސިން ޔުނިޓު ނުވަތަ އެއަށް ވުރެ މަދުން ހައުސިން އިމާރާތް އަޅާ ރަށްތައް
ކެޓަގަރީ 2: 51 އިން ފެށިގެން 150 ހައުސިން ޔުނިޓާ ދެމެދުގެ އިމާރާތްތައް އަޅާ ރަށްތައް
ކެޓަގަރީ 3: 200 އިން ފެށިގެން 250 ހައުސިން ޔުނިޓާ ދެމެދުގެ އިމާރާތްތައް އަޅާ ރަށްތައް
ކެޓަގަރީ 4: 300 ނުވަތަ އެއަށް ވުރެ ގިނަ ހައުސިން ޔުނިޓު އަޅާ ރަށްތައް
ތަފްސީލް - ފިނޭންސް މިނިސްޓްރީން މިއަދު ވަނީ ވަކިވަކިން ފަސް އިއުލާނެއް ކޮށް، އެ މަޝްރޫއުގެ މަސައްކަތަށް ޕްރީ-ކޮލިފައިވުމަށް ހުޅުވާލައިފަ އެވެ. އެ އިއުލާނުތަކުގައި މަޝްރޫއުތައް ކުރިއަށް ގެންދަން ނިންމާފައިވާ ރަށްތަކާއި އެ ރަށްތަކުގައި އަޅަން ނިންމާފައިވާ ހައުސިން ޔުނިޓުތަކުގެ އަދަދު ވެސް ހިމަނާފައިވެ އެވެ.
އެގޮތުން:
ހދ. ކުޅުދުއްފުށީގައި 2،000 ހައުސިން ޔުނިޓު އަޅަން ނިންމާފައިވޭ
ކ. ތުލުސްދޫގައި އަޅަން ނިންމާފައިވަނީ 550 ހައުސިން ޔުނިޓު
ހދ. ނެއްލައިދޫގައި 60 ހައުސިން ޔުނިޓު އަދި މ. ދިއްގަރުގައި 75 ހައުސިން ޔުނިޓު އަޅަން ނިންމާފައިވޭ
އދ. ދިގުރަށުގަައި އަޅަން ނިންމާފައިވަނީ 30 ހައުސިން ޔުނިޓު
ށ. ފޯކައިދޫ އަދި އދ. މަހިބަދޫގައި 150 ހައުސިން ޔުނިޓު އަޅަން ނިންމާފައިވޭ
ގއ. ވިލިނގިލިީގައި 225 ހައުސިން ޔުނިޓު އަދި ހދ. ނޮޅިވަރަންފަރުގައި 250 ހައުސިން ޔުނިޓު އަޅަން ނިންމާފައިވޭ
މ. މުލީގައި 300 ހައުސިން ޔުނިޓު އަޅަން ނިންމާފައިވޭ
ޅ. ނައިފަރުގައި 400 ހައުސިން ޔުނިޓު އަޅަން ނިންމާފައިވޭ
500 ހައުސިން ޔުނިޓު އަޅަން ނިންމާފައިވާ ރަށްތައް:
ހދ. ހަނިމާދޫ
ރ. އުނގޫފާރު
ދ. ކުޑަހުވަދޫ
ލ. ގަން
ލ. ފޮނަދޫ
ގދ. ތިނަދޫ
ފުވައްމުލައް
ސ. ހިތަދޫ
100 ހައުސިން ޔުނިޓު އަޅަން ނިންމާފައިވާ ރަށްތައް:
ސ. ހުޅުދޫ
ހއ. އިހަވަންދޫ
ހދ. މަކުނުދޫ
ނ. ކެނދިކުޅުދޫ
ރ. މަޑުއްވަރީ
ރ. އިނގުރައިދޫ
ބ. ތުޅާދޫ
ޅ. ހިންނަވަރު
ތ. ވިލުފުށި
ގދ ގައްދޫ
ސ. މަރަދޫ
ސ. މަރަދޫފޭދޫ
ސ. މީދޫ
50 ހައުސިން ޔުނިޓު އަޅަން ނިންމާފައިވާ ރަށްތައް:
ހއ. ކެލާ
ހއ. އުތީމު
ހދ. ކުރިނބި
ށ. ކޮމަންޑޫ
ނ. މަނަދޫ
ނ. މިލަދޫ
ރ. އިންނަމާދޫ
ރ. ރަސްމާދޫ
ޅ. ކުރެންދޫ
ކ. ގުރައިދޫ
މ. ކޮޅުފުށި
ތ. ހިރިލަންދޫ
ގއ. ގެމަނަފުށި
ގއ. ކޮލަމާފުށި
ގދ. ހޯނޑެއްދޫ
ގދ. ފަރެސްމާތޮޑާ
ގދ. ފިޔޯރީ
200 ހައުސިން ޔުނިޓު އަޅަން ނިންމާފައިވާ ރަށްތައް:
ހއ. ދިއްދޫ
ހއ. ހޯރަފުށި
ށ. މިލަންދޫ
ރ. ދުވާފަރު
ފ. ނިލަންދޫ
ދ. މީދޫ
ގދ. މަޑަވެލި
ސ. ފޭދޫ
މި މަޝްރޫއަށް ކޮންޓްރެކްޓަރުން ހޯދާނީ ބައިނަލްއަގުވާމީ އުސޫލުތަކާއި ދައުލަތުގެ މާލިއްޔަތު ގަވައިދާ އެއްގޮތަށް ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ:
ޕްރީ ކޮލިފިކޭޝަންގައި ބައިވެރިވުމަށް 1،500ރ.ގެ ނަން ރިފަންޑަބަލް ފީއެއް ދައްކަން ޖެހޭ
ޕްރީ-ކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ ބީލަން ޕޯޓަލް މެދުވެރިކޮށް
57 ރަށުގައި ހައުސިން ޔުނިޓު އަޅައިދޭނެ ފަރާތްތައް ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ