މިރޭ ކުރިން މިދެއްކީ ސުވަރުގޭގައި ރަސޫލް ﷺ އާއި އެންމެ އަރިއަހުގައިވުމުގެ ވާހަކައެވެ. ދެން ބަހެއް މިބުނެލަނީ ދެމަފިރިން އެކުގައި ސުވަރުގެ ވަނުމާއިބެހޭ ގޮތުންނެވެ. ސުވަރުގޭގައި ދެމަރިން އެކުގައި ދާއިމަށް ތިބުމާއިބެހޭގޮތުންނެވެ.
އަހުރެން ވަރަށް އާދައިގެ ސުވާލެއް ކޮށްލާނަމެވެ. ބޭޒާރުވެ ދެމަފިރިންގެ މެދުގައި މައްސަލަތައް އިތުރުވިއަ ނުދިނުމަށްޓަކައި ކޮންމެހެން އެހެން މީހުންނަށް އެނގޭ ގޮތަށް ޖަވާބުދޭނެކަމެއް ނެތެވެ. އަމިއްލަ ނަފްސަށް ޖަވާބުދީފައި ނިންމައިލާށެވެ.
ސުވާލަކީ "މިތަނުގައި މިތިބަ މީހުންގެ ތެރެއިން ތިމާއަށް ދުނިޔޭގައި ލިބިފައިވާ ބައިވެރިޔާއާއިއެކު ސުވަރުގޭގައިވުމަށް ކިތައް ދެމަފިރިން އެދެމުހެއްޔެވެ؟"
މިސްމީހުންގެ ކިބައިން ލިބޭ ޝަކުވާތަކަށް ބަލައި އަހުރެންނަށް ވިސްނޭ ވިސްނުމުގެ މައްޗަށް ބުރަވެހުރެ ބުނަމެވެ. އެންމެ 5 އިންސައްތަ ދެމަފިރިންވެސް ބޭނުމެއް ނުވާނެއެވެ. ދެމަފިރިންގެ މެދުގައި މައްސލަތައް ޖެހެމުން ގޮސް 95 އިންސައްތަ ތިބީ ފޫހިވެފައެވެ. ދަރިންނަށްޓަކައި ނުވަތަ ދުނިޔަވީ ކޮންމެވެސް ކަމެއް އޮތުމުން ވަކިނުވެ ތިބީއެވެ.
މީސްތަކުންނޭވެ! މިއުޅެނީ އަންހެނުން ނުވަތަ ފިރިހެނުން ކުށްވެރިކުރާކަށް ނޫނެވެ. ހަމަގައިމުވެސް ކަންކަން މިހިސާބަށް ގޮސް މިޙާލަތަށް ވެއްޓިގެން މިދަނީ ކޮންމެވެސް ބައަކު ކުށްކުރާތީ ނޫންހެއްޔެޗެ؟ އިހްމާލްވާތީ ނޫން ހެއްޔެވެ؟ ވީމާ އެކަން އިޞްލާޙްކުރަން މަސައްކަތްކުރަމާ ހިނގާށެވެ!
އެމީހެއްގެ ހިތުގައި އަނެކާގެ މައްޗަށް ތެދުވެރިވެރި ލޯބި އޮތްނަމަ އެންމެ ބޮޑަށް ބޭނުންވާނެ އެއްކަމަކީ އެމީހަކު އެންމެ ލޯބިވާ މީހާ އާއިއެކު ސުވަރުގޭގައިވުމެވެ. ހަމަޖެހުމާއި އުފަލުގައި ދާއިމުގެ ދާއިމަށް އެކުގައި ތިބެވޭނެތީއެވެ. މިއީ ޙާޞިލުކުރެވެން އޮތް ކަމެކެވެ.
ދެމަފރިން ސުވަރުގޭގައި އެކުގައިވުމަށް އެދޭނަމަ ދެމަފިރިން އެކުގައި އެކަމަށް މަސައްކަތްކުރަންވީއެވެ. ރޭއަޅުކަންކޮށް ދުޢާކުރަންވީއެވެ. އެކަކު އަނެކަކަށް ތެދުވެރިވާންވީއެވެ. އަޅާލައި އޯގާތެރިކަން ދަމަހައްޓަންވީއެވެ. އެންމެ ލޯބިން އުޅުމުން ސުވަރުގޭގައިވެސް އެކުގައިވުމުގެ ފުރުޞަތު ދެއްވަވާނެތެވެ. އިންޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
ތިމާއަށް ދުނިޔޭގައި ލިބިފައިވާ ބައިވެރިޔާއާއިއެކު ސުވަރުގޭގައިވުމަށް ކިތައް ދެމަފިރިން އެދެމުތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ