ޚުޠުބާ: ރޯދައަށް ހުރެ ކުރަންވީ ހެޔޮ ޢަމަލުތައް-

ރޯދަމަހަކީ މުސްލިމުންގެ ހުރިހައި ޢަމަލެއް އެންމެ ހެޔޮ ގޮތުގައި ބަހައްޓާންޖެހޭ މަހެވެ. ރަޙިމުގެ ގުޅުން ދެމެހެއްޓުމާއި، ނިކަމެތީންނަށް އެހީވުމާއި، ނަމާދުކުރުމާއި، ކީރިތި ޤުރްއާން ކިޔެވުމާއި، ދަމުނަމާދުކުރުމާއި، އިޢުތިކާފުކުރުން ފަދަ އަޅުކަންތައް ކުރުމުގައެވެ. ގޭތެރޭގައި ކުރާން ޖެހޭ މަސައްކަތް ވަކި ބަޔަކަށް ނުޖައްސައި، އެ ކަންކަމުގައި އެކަކު އަނެކަކަށް އެހީތެރިވުމަކީ ރޯދަމަހު ވަކީން ބޮޑަށް ދަރުމަހުރި ކަމެކެވެ. ހަމަ އެ ފަދައިން ވިޔަފާރިވެރީން އެ މީހުންގެ މުދަލުގެ އަގުތައް ކޮންޓުރޯލުކޮށް، އުޚުރަވީ ޙަޔާތުން ފައިދާއާއި ނަފާ ލިބިގަންނާން މިއީ ރަނގަޅު ފޯވައްސެކެވެ. 
ރޯދަމަހަކީ ހަށިގަނޑަށް ފައިދާ ހުރި، ޙަލާލު ތަކެތި ކެއުމަށް ބާރުއަޅާންޖެހޭ މަހެކެވެ. ނަމަވެސް ކެއިންބުއިމުގައި އިސްރާފުކޮށްގެން ނުވާނެއެވެ. އެއީ މާތް ﷲ ނުހަނު ބޮޑަށް ކޯފާވެވޮޑިގެންވާ ކަމެކެވެ. މުއުމިނުންގެ ރަނގަޅު ސިފަތައް ބަޔާންކުރައްވައި، މާތް الله ވަޙީކުރައްވާފައި ވެއެވ.  --- މާނައީ: "އަދި އެއުރެންނީ، އެއުރެން ހޭދައެއްކޮށްފި ނަމަ އިސްރާފު ނުކުރާ، އަދި މުށްބާރު ވެސް ނުކުރާ، އަދި އެ ދެމެދުގައި މެދުމިންވެ ތިބޭ މީހުންނެވެ." މީގެ އިތުރަށް މުސްލިމުން އިސްރާފުނުކުރުމަށް އަމުރުކުރައްވައި، މާތް الله ވަޙީކުރައްވައިފައި ވެއެވެ.  ---- މާނައީ: "އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފުނުކުރާށެވެ! ހަމަކަށަވަރުން، އިސްރާފުކުރާ މީހުން ދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ." ލޮބުވެތި ނަބިއްޔާ  z  ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ތިޔަބައިމީހުން މެދުމިންވަރުގައި ހިފާށެވެ! ތިޔަބައިމީހުން މެދުމިންވަރުގައި ހިފާށެވެ! އޭރުން ލަނޑުދަނޑިއަށް ވާޞިލުވެވޭނެތެވެ."[1]    
ރޯދައިގެ މަޤްޞަދަކީ، ދުންޔަވީ އެންމެހައި އެދުންތަކުން ނަފުސު ޠާހިރުކޮށް، އުޚްރަވީ ޙަޔާތުން ލާބަހޯދުންކަން ތިޔަބައިމީހުން ދަންނާށެވެ! މި ބަރަކާތްތެރި މައްސަރުގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ޙާޞިލުކުރެވޭތޯ މަސައްކަތްކުރާށެވެ! އަދި ވޭތުވެދިޔަ ދުވަސްތަކުގައި، ފަރުވާކުޑަކުރެވުނު ކަންތައްތައް އިޞްލާޙުކޮށް، ރަމަޟާންމަހުގެ ދުވަސްތަކުގައި، އޭގެ ހިސާބެއް ނެތް ރަޙުމަތާއި، މަޣުފިރަތާއި، ރުއްސެވުން ޙާޞިލުކުރުމަށް ޢަޒުމު ކަނޑައަޅާށެވެ! ރަމަޟާން މަސް ފާއިތުވުމުގެ ކުރީން، އެ މަހުން ފައިދާ ޙާޞިލުނުކުރެވުނު މީހަކަށްވުރެ، ވަކީން ބޮޑު އަބާއްޖަވެރިޔަކު ނުހުންނާނެއެވެ. رَسُوْلُ الله z ޙަދީޘްކުރެއްވި ބަސްފުޅު އަޑުއަހާށެވެ! (إِنَّ هَـٰذَا الشَّهْرَ قَدْ حَضَرَكُمْ، وَفِيْهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ، مَنْ حُرِمَهاَ فَقَدْ حُرِمَ الْخَيْرَ كُلَّهُ، وَلَا يـُحْرَمُ خَيْرَهَا إِلَّا مـَحْرُوْمٌ)[2] މާނައީ: "ހަމަކަށަވަރުން މި ބަރަކާތްތެރި މަސް ތިޔަބައިމީހުންނާ ކުރިމަތިލައިފިއެވެ. ލައިލަތުލްޤަދްރި ނުހިމެނޭ އެއް ހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑު ރެއެއް، އެ މަހުގައި ވެއެވެ. އެ ރޭގެ ހެޔޮކަމުން މަޙްރޫމުވެއްޖެ މީހާ ހަމަކަށަވަރުން ހުރިހައި ހެޔޮކަމަކުން މަޙްރޫމް ވެއްޖެއެވެ. އަދި އަބާއްޖަވެރިޔަކު ނޫނީ، އެ ރޭގެ ހެޔޮކަމަކުން މަޙްރޫމެއް ނުވާހުއްޓެވެ." 
ސަލަފުއް ޞާލިޙުން ރަމަޟާންމަހާ ކުރިމަތިލައްވައިފައި ވަނީ، އެންމެ ހިނދުކޮޅެއް ވެސް ހެޔޮކަމުން މަޙުރޫމު ނުވާނޭ ގޮތަށެވެ. ބައެއް ބޭބޭކަލުން ކީރިތި ޤުރްއާން ކިޔަވައިވިދާޅުވުމުގައި، މުޅި ވަގުތު ހޭދަކުރައްވައެވެ. މާތް ﷲ ރުއްސުން ލެއްވި عَبْدُ اللهِ بْنُ مَسْعُوْدُ،  ރަމަޟާންމަސް ނޫން މަސްތަކުގައި އެއް ހުކުރުން އަނެއް ހުކުރަށް، ޤުރްއާން ޚަތިމުކުރައްވާ އިރު، ރަމަޟާން މަހުގައި، ތިން ދުވަހުން ޤުރްއާން ޚަތިމުކުރައްވައެވެ.[3]  ތާބިޢީ ބޭކަލުންގެ ތެރެއިން قَتَادَة – رَحـِمَهُ اللهُ - ރަމަޟާން މަސް ނޫން މަސްތަކުގައި ހަތް ދުވަހުން ޤުރްއާން ޚަތިމުކުރައްވާ އިރު، ރަމަޟާންމަހުގައި ތިން ދުވަހުން ޤުރްއާން ޚަތިމުކުރައްވައެވެ. އަދި ރަމަޟާންމަހުގެ ފަހު ދިހައިގައި، ކޮންމެ ދުވަހަކު ޚަތިމެއް ކުރައްވައެވެ.[4]
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ