ނައިބު ރައީސްގެ އަރިހަށް ޗައިނާ ސަފީރު، އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ކޮންގް ޝިންހުއާ، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްއާ މިއަދު ބައްދަލުކުރައްވައިފި އެވެ.ރައީސްގެ އޮފީހުގައި މިއަދު ހެނދުނު ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ޗައިނާއާ ދެމެދުގައި އޮތް ބަދަހި ސިޔާސީ ގުޅުމަކީ، ގާތް ރަހުމަތްތެރިކަމާއި، އެއް ބަޔަކު އަނެއް ބަޔަކަށް ކުރާ އިހްތިރާމާއި، ތަރައްގީގެ ދާއިރާއިން ބަދަހިވެފައިވާ ގުޅުންތަކެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ދެ ބޭފުޅުންވެސް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.ޗައިނާއާއި ރާއްޖެއާ ދެމެދު ސިޔާސީ ގޮތުން ގުޅުން ޤާއިމުކުރީ 1972 ވަނަ އަހަރުގެ އޮކްޓޫބާރު މަހުގެ 14 ވަނަ ދުވަހުއެވެ. މި ދުވަހުން ފެށިގެން ޗައިނާއިން ވަނީ ރާއްޖޭގެ މުހިންމު ޢުމްރާނީ ތަރީއްޤީގެ ގިނަ މަޝްރޫޢުތަކަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެ ގޮތުން ރާއްޖޭގައި ކުރިއަށްގެންދިޔަ ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ މަޝްރޫޢުކަމަށްވާ ސިނަމާލެ ބުރިޖު އަޅާފައިވަނީ ޗައިނާގެ އެހީތެރިކަމާއެކުއެވެ. ޗައިނާ އަކީ ރާއްޖޭގެ ތަރައްގީގައި ވަރަށް މުހިއްމު ބައިވެރިވެ އެކެވެ. ޗައިނާ އިން ގެންދަނީ ރާއްޖެއަށް ކޮންމެ އަހަރަކުވެސް އެކި ދާއިރާތަކުން ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ