އާ ޓާމިނަލަށް ސާފު ބޯފެން ފޯރުކޮށްދޭ ފެންހޮޅި އިފްތިތާހުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލަށް ސާފު ބޯފެން ފޯރުކޮށްދޭ ފެންހޮޅި މިއަދު އިފްތިތާހުކޮށްފި އެވެ.
ވީ ކިހިނެއް؟ - މިއަދު ވީއައިއޭގައި އޮތް ރަސްމިއްޔާތެއްގައި ފެންހޮޅި އިފްތިތާހުކޮށްދެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު އެވެ.
ތަފްސީލް - އެމްއޭސީއެލް އިން ބުނީ ފަޅުތެރެއިން 635 މީޓަރު އަދި އެއްގަމުން 1،800 މީޓަރުގެ ދިގުމިނުގެ މި ފެން ލައިނަކީ އާ ޓާމިނަލަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް މުހިއްމު ފިޔަވަޅެއް ކަމަށެވެ.
މި ޕްރޮޖެކްޓު ކުރިއަށް ގެންދިޔުމުގައި މަސައްކަތް ކުރި އެމްއޭސީއެލްގެ މުވައްޒަފުންގެ މަސައްކަތް އެ ކުންފުނިން ވަނީ ފާހަގަކޮށްފަ އެވެ.
ފާހަގަ ކުރެވޭ - ވީއައިއޭގެ އާ ޕެސެންޖާ ޓާމިނަލް ހުޅުވުމަށް އެމްއޭސީއެލް އިން ވަނީ ކައުންޓްޑައުންއެއް ވެސް ފަށައިފަ އެވެ. އަންނަ މަހުގެ 26ގައި އާ ޓާމިނަލް ހުޅުވަން ވަނީ ތާވަލްކޮށްފަ އެވެ.
ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކުރީ މެއި 2016ގައި
އެ ކުންފުނިން އެ މަސައްކަތް ކުރަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކޮށްގެން
350 މިލިއަން ޑޮލަރު (5.3 ބިލިއަން ރުފިޔާ): ފުރަތަމަ ލަފާކުރި އަދަދު
600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ): މިހާރު އަރާނެ ކަމަށް ލަފާކުރެވޭ އަދަދު
7.5 މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދެވޭ ވަރުގެ ޓާމިނަލެއް
40 ޑިޕާޗާ ގޭޓާއި 38 އިމިގްރޭޝަން ކައުންޓަރު
ފްލައިޓަށް އަރާފައިބަން އެއިރޯ ބްރިޖުތައް ގާއިމް ކުރާނެ
ޓާމިނަލް ހުޅުވުމަށް ފަހު އޮގަސްޓް މެދާ ހަމައަށް އާ ޓާމިނަލް ބޭނުންކުރާނީ ހަމައެކަނި ގައުމީ އެއާލައިނުންނެވެ. އަދި އެއަށް ފަހު އޮގަސްޓުގެ އެ ތާރީހުން ފެށިގެން 10 އެއާލައިނެއް އާ ޓާމިނަލަށް ބަދަލު ކުރަން ވަނީ ނިންމާފަ އެވެ. އެގޮތުން:
ހުރިހާ އެއާލައިންތަކެއް އާ ޓާމިނަލަށް ބަދަލުކޮށް ނިމޭނީ ސެޕްޓެމްބަރަށް
ފުރަތަމަ ބޭނުންކުރާނީ 6 އެއިރޯބާރިޖްގެ ތެރެއިން 3 ބުރިޖް
ފަށާއިރު ވެސް ލައުންޖު އަދި ޑިއުޓީފްރީ ފިހާރަތައް ކޮންމެވެސް ވަރަކަށް ހުންނާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ