ބެން ގުރިއަން އެއާޕޯޓަށް ހޫތީން ދިން މިސައިލް ހަމަލާއެއްގައި 6 މީހުން ޒަޚަމްވެއްޖެ

އިޒްރޭލްގެ ބެން ގުރިއަން އެއާޕޯޓަށް ޔަމަނުގެ ހޫތީން މިައދު ދިން މިސައިލް ހަމަލާއެއްގައި ހަ މީހުން ޒަޚަމްވެއްޖެކަމަށް އެ ގައުމުގެ ނޫސް ދަ ޓައިމްސް އޮފް އިޒްރޭލް ގައުމީ ކުއްލި ނުރައްކަލުގެ ޚިދުމަތާ ހަވާލާދީ ރިޕޯޓުކޮށްފި އެވެ.
އިޒްރޭލްގެ މިލިޓަރީން ބުނެފައިވަނީ ޔަމަނުން އައި މިސައިލެއް ބެން ގުރިއަން އެއާޕޯޓާ ކައިރިއަށް ވެއްޓުނު މައްސަލަ ތަހްގީގުކުރަމުންދާ ކަމަށެވެ. އޮންލައިންކޮށް ހިއްސާކުރެވުނު ވީޑިއޯތަކުން ދައްކާގޮތުގައި އިޒްރޭލްގެ މައި ބައިނަލްއަގުވާމީ އެއާޕޯޓުގެ ފަސިންޖަރުން ތިބޭ ޓާމިނަލުން މި މިސައިލް ވެއްޓުނުތަނުން ދުން އަރާތަން ފެނެ އެވެ.
މިހާތަނަށް މި ހަމަލާގެ ޒިންމާ ނަގައިފައި ނުވިއަސް، ފަލަސްތީނުގެ މީހުންނަށް އެއްބާރުލުން ދިނުމަށް ޔަމަނުގެ ހޫތީން އިޒްރޭލަށް މިސައިލް ހަމަލާތައް ދީފައިވެ އެވެ. މިއީ މަދު ދުވަސްތަކެއްގެ ތެރޭގައި ހޫތީންގެ ފަރާތުން އިޒްރޭލަށް އައި ހަތަރުވަނަ މިސައިލް ހަމަލާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ