އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަނުގެ ނައިބު ރައީސްގެ މަގާމަށް ރާއްޖެ އިންތިހާބުވެއްޖެ އެވެ.
އދ. ގެ އާންމު މަޖިލީހުގެ ކޮންމެ ސެޝަނަކަށް އޭޝިއާ ޕެސިފިކް ގުރޫޕުގެ ތެރެއިން ފަސް ނައިބު ރައީސުން އިންތިހާބުކުރެ އެވެ. ރާއްޖޭގެ އިތުރުން އަނެއް ހަތަރު ގޮނޑިއަށް ކުރިމަތިލި، ބަންގްލަދޭޝް އާއި ލުބުނާނާއި ސައޫދީ އަރަބިއްޔާ އާއި ޓިމޯ-ލެސްޓް ވަނީ މިރޭ ބޭއްވި އާންމު މަޖިލީހުގެ ބައްދަލުވުމުގައި އިންތިހާބު ކޮށްފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ޖަލްސާއަކީ ކާމިޔާބު ސެޝަނަކަށް ހެދުމަށް ޕާޓްނަރުންނާ ގުޅިގެން ރާއްޖެއިން މަސައްކަތް ކުރާނެ ކަމަށެވެ.
އަދި އދ. ގެ މެންބަރު ކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި މަލްޓިލޭޓަރަލް ސިސްޓަމް އިތުރަށް ހަރުދަނާ ކުރުމުގައި ރާއްޖެއިން ދެމި އޮންނާނެ ކަމަށްވެސް ވިދާޅުވި އެވެ.
އދ.ގެ އާންމު މަޖިލީހުގެ ނައިބު ރައީސަކަށް ރާއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ