ހުރިހާ ސިޓީތަކެއްގައި ބައިސްކަލު ދުއްވަން މަގުފަހިކުރަނީ

ރާއްޖޭގެ ހުރިހާ ސިޓީތަކެއްގައި ބައިސްކަލު ދުއްވަން މަގުފަހިކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ބައިސްކަލު ދުވަހާ ގުޅިގެން އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ބައިސްކަލު ދުވަހުގެ ބޭނުމަކީ އޭގެން ދިރިއުޅުމާއި ތިމާވެއްޓަށް އަންނަ ހެޔޮ ބަދަލުތައް ފާހަގަކުރުން ކަމަށެވެ. އެގޮތުން، ބައިސްކަލަކީ ތިމާވެއްޓާ ރައްޓެހި ސިޓީތަކަށް ބަދަލުކުރުމަށް އެހީތެރިވާ ދަތުރުފަތުރުގެ ނިޒާމެއް ކަމަށް ރައީސް ވިދާޅުވިއެވެ. https://x.com/MMuizzu/status/1929797656358146134 ރާއްޖޭގެ ސިޓީތައް އިތުރަށް ތޮއްޖެހެމުން އަންނައިރު، ދަތުރުފަތުރުގެ ނިޒާމާ ދޭތެރޭ އަލުން ވިސްނަން ޖެހިފައިވާކަން ފާހަގަކުރައްވައި، އެ މަނިކުފާނު ވަނީ، ރާއްޖޭގެ ހުރިހާ ސިޓީތަކެއްގައި ބައިސަލު ދުއްވުން ތައާރަފުކޮށް، މަގުފަހި ކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ދަތުރުފަތުރުގެ ނިޒާމަށް އައި ބަދަލުތަކާ އެއްކޮށް ބައިސްކަލު ދުއްވާ މީހުން މިހާރު ވަރަށް މަދެވެ. އެހެން އެކަން ވަނީ، ބައިސްކަލު ދުއްވާނެ ޖާގަތަކާއި ބަހައްޓާނެ ތަނެއް ނެތުމުން ކަމަށް އާންމުކޮށް ބައިސްކަލު ދުއްވާ މީހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ