ޜިއޯ ޑި ޖަނެއިރޯ، ބްރެޒިލް (މާޗް 29) - ވޯލްޑް ކަޕް ކޮލިފައިންގައި އެއް ފެންވަރެއްގައި ކުޅުން ދަމަހައްޓައި، ނަތީޖާ ނުނެރެވޭތީވެ، ބްރެޒިލް ކޯޗުގެ މަގާމުން ޑޮރިވާލް ޖޫނިއާ ވަކިކޮށްފި އެވެ.
އޭނާގެ އިރުޝާދުގެ ދަށުން އެންމެ ފަހުން ބްރެޒިލް ކުޅުނު މެޗަކީ ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ވާދަވެރި އާޖެންޓީނާ އަތުން 4-1 އިން ބްރެޒިލް ބަލިވި މެޗެވެ. ކޮލިފައިންގައި ބްރެޒިލުން ކުޅުނު 14 މެޗުގެ ތެރެއިން ފަސް މެޗުން ބަލިވެފައިވާއިރު، އެ ޓީމު އޮތީ ކޮލިފައިން ތާވަލުގެ ހަތަރެއްގަ އެވެ.
ދުނިޔޭގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ ޑޮރިވާލް، 62، ބްރެޒިލާ ހަވާލުވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. އޭނާގެ އިރުޝާދުގެ ދަށުން ބްރެޒިލް ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ އަހަރު މާޗް މަހު 1-0 އިން އިންގްލެންޑް އަތުން ވެމްބްލީ ސްޓޭޑިއަމްގައި މޮޅުވި އެވެ.
ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ، ޑޮރިވާލް ކޮށްދިން ހިދުމަތްތަކަށް ޝުކުރު އަދާކުރާ ކަމަށާއި މި ވަގުތު ކޯޗު ބަދަލުކުރުމަކީ ފެޑެރޭޝަނުގެ ބޯޑަށް ފެނުނު އެންމެ ރަނގަޅު ގޮތް ކަމަށްވާތީވެ، އެ ގޮތަށް ނިންމައި، ކުރިއަށްދާން ނިންމީ ކަމަށެވެ.
ކުޅުމުގެ ކެރިއަރުގައި ބްރެޒިލަަށް ކުޅެފައިނުވި ނަމަވެސް، ބްރެޒިލްގެ ގިނަ ކްލަބްތަކަށް ކޯޗުކޮށްދިން ޑޮރިވާލްގެ ކޯޗިން ކެރިއަރުގައި ލިބިގެންދިޔަ އެންމެ ބޮޑު ކާމިޔާބަކީ، 2022 ވަނަ އަހަރުގެ ކޮޕަ ލިބެޓަޑޯރެސްގެ ތަށި، ފްލަމެންގޯ އަށް ހޯދައިދިނުމެވެ.
ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ އަށް އަނެއްކާ ވެސް ބްރެޒިލް ކޯޗުކަން އޮފާކޮށްފައިވާއިރު، އެ ޓީމާ ހަވާލުވާނެ ކަމަށް މި ވަގުތު ބެލެވެނީ އަލްހިލާލްގައި ހުރި ކޯޗު ޖޯޖް ޖީސުސް އެވެ.
ބްރެޒިލް ކޯޗުކަމުން ޑޮރިވާލް ވަކިކޮށްފި ބްރެޒިލް ކޯޗުކަމުން ޑޮރިވާލް ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ