ހަލީލް އާއި ޖައިންޝަންކަރު ބައްދަލު ކުރައްވައިފި

ރައިސިނާ ޑައިލޮގުގައި ބައިވެރިވެވަޑައިގަތުމަށް މިހާރު އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އަށް ވަޑައިގެން އުޅުއްވާ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބުރަމާނިޔަމް ޖައިޝަންކަރުއާ މިއަދު ބައްދަލު ކުރައްވައިފި އެވެ. ހަލީލް މިއަދު އެކްސްގައި ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.ތަރައްގީގެ ދާއިރާ އިން އިތުރަށް ގުޅުން ބަދަހި ކުރުމާ ގުޅޭ މަޝްވަރާތައް ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ވެސް ބުންޏެވެ.  ރައިސީނާ ޑަޔަލޮގަކީ އޮބްޒާވާ ރިސާޗް ފައުންޑޭޝަނާއި އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް ގުޅިގެން ކޮންމެ އަހަރަކު ބާއްވާ ކޮންފަރެންސެކެވެ. މިއަހަރުގެ ކޮންފަރެންސްގައި ބާއްވާ ޕެނަލް ޑިސްކަޝަންގައި މިނިސްޓަރު ހަލީލު ބައިވެރިވެވަޑައިގަންނަވާނެ އެވެ.ފޮރިން މިނިސްޓްރީން ބުނީ މި ކޮންފްރެންސްގެ ހަވާސާގައި އެހެން ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާއެކު މިނިސްޓަރު ހަލީލު ބައްދަލުވުންތައް ބާއްވާނެ ކަމަށެވެޖައިޝަންކަރު އެކްސްގައި ވިދާޅުވީ ދެ ގައުމުގެ ގުޅުން ކުރިއަށް ގޮސްފައިވާ ހިސާބަށް ދެ ބޭފުޅުން އަލިއަޅުވާލެއްވި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ