"ރައީސްގެ ޖަވާބު" ސިލްސިލާއަކީ، ރައްޔިތުން ހުށަހަޅާ ސުވާލުތަކަށް، ސީދާ ރައީސް ވީޑިއޯ މެދުވެރިކޮށް ޖަވާބު ދެއްވާ ސިލްސިލާއެކެވެ. މި ސިލްސިލާ ފަށާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
"ރައީސްގެ ޖަވާބު" ސިލްސިލާއަށް ވީޑިއޯ މެދުވެރިކޮށް ސުވާލު ހުށަހެޅުމުގެ ފުރުސަތު، ރައީސް އޮފީހުން ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ވީޑިއޯ މެދުވެރިކޮށް ރައީސްއާ ސުވާލުކުރަން ބޭނުންވާ ފަރާތްތަކުން، ސުވާލު ރެކޯޑު ކުރުމަށްފަހު "ރައްޔިތުންގެ އަޑު" ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ. މި ޕޯޓަލަށް ލިންކް މެދުވެރިކޮށް، ނުވަތަ ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށް ވަދެވޭނެ އެވެ."ރައްޔިތުންގެ އަޑު" ޕޯޓަލް މެދުވެރިކޮށް ރައްޔިތުން ހުށަހަޅާ ސުވާލުތަކަށް ރައީސް ޖަވާބު ދެއްވަމުން ގެންދަވާނީ "ރައީސްގެ ޖަވާބު" ސިލްސިލާގެ ތެރެއިންނެވެ."ރައީސްގެ ޖަވާބު" ސިލްސިލާއަކީ، ރައްޔިތުން ހުށަހަޅާ ސުވާލުތަކަށް، ސީދާ ރައީސް ވީޑިއޯ މެދުވެރިކޮށް ޖަވާބު ދެއްވާ ސިލްސިލާއެކެވެ. މި ސިލްސިލާ ފަށާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. މި ސިލްސިލާގައި އޭރު ސުވާލުކުރެވެމުން ދިޔައީ، ރައީސް އޮފީހުގެ މީޑިއާ ޓީމަކުން ރައްޔިތުންނާ ބައްދަލުކޮށް، ވީޑިއޯ ސުވާލު ހުށަހެޅުމަށް ފުރުސަތު ދީގެންނެވެ. ނަމަވެސް، އެގޮތަށް އެކަން ކުރިއަށް ގެންދިއުމުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ކަންކަމާއި ގުޅިގެން ރައީސްއާ ސުވާލުކުރުމަށް ބޭނުންވާ ހުރިހާ ރައްޔިތުންނަށް ހަމަހަމަގޮތެއްގައި ފުރުސަތު ލިބެމުން ނުދާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.އެހެންވެ، މިހާރު ހުޅުވާލާފައި ވަނީ ވީޑިއޯ މެދުވެރިކޮށް ސުވާލު ފޮނުވުމަށެވެ. ވަރަށް ގިނަ ދުވަހުގެ މެދުކެނޑުމަކަށްފަހު މި ސިލްސިލާ ފަށާފައި ވަނީ ޕޯޓަލް މެދުވެރިކޮށް ވަގުތުން ސުވާލު ހުށަހެޅޭނެ އިންތިޒާމުތަކާއި އެކުގައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
"ރައީސްގެ ޖަވާބު" ސިލްސިލާއަށް ސުވާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ