ރޯދަ މަހުގެ ފުރަތަމަ 10 ދުވަހު ރެކޯޑު އަދަދަކަށް ޒަކާތް ދައްކައިފި

މޯލްޑިވްސް ޒަކާތު ހައުސް އިން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި ރޯދަ މަހުގެ ފުރަތަމަ 10 ދުވަހު 2.9 މިލިއަން ރުފިފާ ވަނީ ޒަކާތުގެ ގޮތުގައި ދައްކާފަ އެވެ.
ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ރޯދަ މަހުގެ ފުރަތަމަ 10 ދުވަހު އެންމެ ގިނައިން ޒަކާތް ދެއްކި އަހަރަށް މިއަހަރު ވެއްޖެ އެވެ.
މޯލްޑިވްސް ޒަކާތު ހައުސް އިން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި ރޯދަ މަހުގެ ފުރަތަމަ 10 ދުވަހު 2.9 މިލިއަން ރުފިފާ ވަނީ ޒަކާތުގެ ގޮތުގައި ދައްކާފަ އެވެ.ފާއިތުވި އަހަރުގެ ތަފާސްހިސާބަށް ބަލާއިރު، މިއީ ފުރަތަމަ 10 ދުވަހު އެންމެ ގިނައިން ޒަކާތް ދެއްކި ރޯދަ މަހެވެ.
މި ހިނގާ މާޗް މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6:00އާ ހަމައަށް ކަނޑައަޅާފައިވާ މުއައްސަސާތައް މެދުވެރިކޮށް އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭނެ އެވެ.އެގޮތުން،
ބަނޑޭރިޕޭ މެދުވެރިކޮށް ރޯދަ މަހުގެ އެންމެ ފަހު ދުވަހާ ޖެހެންދެން ޒަކާތް ދެއްކޭނެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ