އިއްޔެ އިން ފެށިގެން ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާތީ މޫސުން އަލިވަންދެން މޫދު ކުޅިވަރުތަކާއި މުނިފޫހިފިލުވުމަށް މޫދުގައި ކުޅެއުޅޭ އެކި ހަރަކާތްތައް މަޑުޖައްސާލަން ފުލުހުން އިލްތިމާސް ކޮށްފި އެވެ.
ފުލުހުން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ހިނގަމުންދާ ކަމަށެވެ. އިއްޔެއާ ރޭ އަދި މިއަދު ވެސް ކަނޑުމަތީގެ ބައެއް ހާދިސާތައް ހިނގައިގެން ރިޕޯޓް ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އެހެން ކަމުން މޫސުން އަލިވަންދެން ރައްކާތެރި ކަމުގެ ގޮތުން މޫދު ކުޅިވަރުތަކާއި މުނިފޫހިފިލުވުމަށް މޫދުގައި ކުޅެއުޅޭ އެކި ހަރަކާތްތައް މަޑުޖައްސާލަން ވަނީ އިލްތިމާސް ކޮށްފަ އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި އިއްޔެ މެންދުރުން ފެށިގެން ރޭގެ ނިޔަލަށް ކަނޑުމަތީގެ ހަތް ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. އެއް ހާދިސާގައި ގެއްލުނު މީހަކު އަދިވެސް ނުފެނެ އެވެ.
އެއީ ގައްދޫ އިން އެ އަތޮޅު ގަމަށް ޑިންގީއެއްގައި ދަތުރުކުރި 75 އަހަރުގެ ދިވެއްސެކެވެ.
މޫސުން އަލިނުވޭ؛ މޫދު ކުޅިވަރުތައް މަޑުޖައްސާލަން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ