5 ޤައުމަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިއަދު ގާނާއަށް ވަޑައިގަންނަވައިފިއެވެ.
މޯދީ މިއަދު ގާނާއަށް ވަޑައިގެންނެވިއިރު، އެޤައުމުގައި 2 ދުވަސް ހޭދަކުރައްވާނެއެވެ. އަދި ގާނާގެ ރައީސް ޖޯން ޑްރަމާނީ މަހާމާ އާއެކު ރަސްމީ މަޝްވަރާތަކެއް ބާއްވަވާނެއެވެ. އަދި މީގެ އިތުރުން ގާނާގެ ގާނޫނު ހަދާ މަޖިލީހުގައި މޯދީ ތަޤްރީރުކުރައްވާނެއެވެ. ހަމައެއާއެކު، ގާނާއާއި އިންޑިއާއާ ދެމެދު ގިނަ އެއްބަސްވުންތަކެއްގައި ސޮއެކުރެވޭނެއެވެ.
މޯދީ ގާނާއަށް ވަޑައިގަތުން... ފޮޓޯ: ވިއޮން
ގާނާއަށްފަހު މޯދީ ވަޑައިގަންނަވާނީ ކެރީބިއަން ސަރަހައްދުން ޓްރިނިޑާޑް އެންޑް ޓޮބޭގޯ އަށެވެ. އަދި އެއަށްފަހު އާޖެންޓީނާއާއި ބްރެޒިލް އަށެވެ. ބްރެޒިލްއަށް މޯދީ ކުރައްވާ ދަތުރުފުޅުގައި ދެޤައުމުގެ މެދުގައި އަސްކަރީ އެއްބާރުލުމާއި އަސްކަރީ އުފެއްދުންތަކުގެ ސިނާޢަތާއި ބެހޭ ގޮތުން ދެޤައުމުގެ މެދުގައި މަޝްވަރާތައް އޮންނާނެއެވެ.
ދަތުރު ނިންމަވާލެއްވުމަށްފަހު އެނބުރި އިންޑިއާއަށް ވަޑައިގަންނަވަމުން މޯދީ ނެމީބިއާއަށް ވަޑައިގަންނަވާނެއެވެ.
މޯދީ ފަސް ޤައުމަކަށް ވަޑައިގަންނަވަނީ. އެންމެ ފުރަތަމަ ގާނާއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ