އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ލ. ފޮނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި ކަން ޕޮލިސް މީޑިއާ އިން ހާމަކޮށްފިއެވެ.
މި ތަކެތި ނައްތާލާފައިވަނީ މި ހިނގާ މެއި މަހުގެ ހަވަނަ ދުވަހު ފޮނަދޫގައެވެ. މިގޮތުން ނައްތާލާފައިވަނީ 11 ފުޅި ބަނގުރަލާއި 69 ދަޅު ބަނގުރަލެވެ.
ޕޮލިސް މީޑިއާ އިން މަޢުލޫމާތު ދިން ގޮތުގައި، މި ތަކެއްޗަކީ 2026 ޖަނަވަރީ 26 އިން ފެށިގެން އެޕްރީލް 13 ވަނަ ދުވަހާ ހަމައަށް ކައްދޫ އެއާޕޯޓުން ފުރަންދިޔަ ފަތުރުވެރިންގެ އަތުން، އެއާޕޯޓުގެ އޭވިއޭޝަން ސެކިއުރިޓީން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗެވެ.
މި ތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުންނެވެ. އަދި މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެކަމަށްޓަކައި ޚާއްޞަކޮށް އެކުލަވާލައިފައިވާ ކޮމިޓީގެ ބެލުމުގެ ދަށުންކަން ފުލުހުން ފާހަގަކުރެއެވެ.
ފޮނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ