ޕޯޗުގަލްގެ ބެންފީކާއަށް ކުޅެމުންދާ އާޖެންޓީނާގެ ޖިއާންލުކާ ޕްރެސްޓިއާނީއަށް ޔުއެފާ އިން ދީފައިވާ 6 މެޗުގެ ސަސްޕެން ފީފާއިން އިތުރުކޮށްފި އެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޕްލޭއޮފްގައި ރެއާލް މެޑްރިޑް އާއި ދެކޮޅަށް ބެންފީކާ ކުޅުނު މެޗުގައި ވިނިޝިއަސް ޖޫނިއާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ނަސްލީގޮތުން އޭނާ އާއި ދިމާކޮށްފައިވާކަމަށްބުނެ އެ މެޗުގެ ކުޅުން ރެފްރީ ވަނީ މެދުވެސް ކަނޑާލާފަ އެވެ.
އެ މައްސަލަ ޔޫއެފާ އިން ބެލުމަށްފަހު އޭނާ 6 މެޗަށް ސަސްޕެންޑް ކޮށްފައިވާއިރު ދެވަނަ ލެގުގައި މި ދެ ޓީމު ކުޅުނު މެޗުގައި ޕްރެސްޓިއާނީ އަށް ސަސްޕެންޝަނުގެ ސަބަބުން ކުޅެވިފައެއް ނުވެއެވެ.
ޔޫއެފާ އިން އެ މައްސަލަ ފީފާއަށް ހުށައެޅުމުން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީ އިން ވަނީ އެ މައްސަލަ ބެލުމަށްފަހު ރަސްމީ އެއްވެސް މުބާރާތެއްގައި ޕްރެސްޓިއާނީ އަށް ނުކުޅެވޭ ގޮތަށް ފީފާ އިން ވަނީ އޭނާގެ 6މެޗުގެ ސަސްޕެންޝަން އިތުރުކޮށްފަ އެވެ.
އެހެންކަމުން ކުރިއަށް އޮތް ވޯލްޑްކަޕްގައި ވާދަކުރާ އާޖެންޓީނާގެ ސްކޮޑުގައި އޭނާ ހިމެނުނު ނަމަވެސް ގްރޫޕްގައި ކުޅޭ ފުރަތަމަ ދެ މެޗުގައި ޕްރެސްޓިއާނީ އަށް ނުކުޅެވޭނެ އެވެ.
އުމުރުން 20 އަހަރުގެ ޕްރެސްޓިއާނީ އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅެފައިވަނީ އެންމެ މެޗެކެވެ. އެއީ މިދިޔަ ނޮވެމްބަރ މަހު އެކުވެރިކަމުގެ މެޗެއްގައި އެންގޯލާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
ވޯލްޑްކަޕްގައި އާޖެންޓީނާ ކުޅޭ ފުރަތަމަ މެޗު އޮންނާނީ އަންނަ ޖޫން މަހުގެ 16 ވަނަ ދުވަހު އަލްޖީރިއާ އާއި ދެކޮޅަށެވެ.
ޕްރެސްޓިއާނީގެ ސަސްޕެންޝަން ފީފާއިން އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ