ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ހަފުތާއަކަށް ވުރެ ކުޑަވެފައި އޮއްވައި، ދުންފަތުން ނަގާ ޑިއުޓީ ކުޑަ ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބާއްވަނީ އަންނަ ހޮނިހިރު ދުވަހެވެ. އެއާއެކު، ދުންފަތުން ނަގާ ޓެކުހުން 50 ޕަސެންޓު ކުޑަ ކުރަން ލަފާ ލިބިފައިވާ ކަމަށް ބުނެ އެ ވާހަކަ ހާމަ ކުރީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ.
"މިވަގުތު އަޅުގަނޑުމެންނަށް ލިބިފައިވާ ބައެއް ދިރާސާތަކުން، ހާއްސަކޮށް ޑަބްލިއުއެޗްއޯގެ ހެއްދެވި ދިރާސާއަކުން ރާއްޖެއަށް ރިކޮމެންޑު ކުރައްވާފައިވާ އެއް ޑިއުޓީ ރޭޓަކީ 2026 ވަނަ އަހަރަށް ސްޕެސިފިކް ރޭޓު ހަތަރު ރުފިޔާގެ ގޮތުގައި [ކަނޑައެޅުން]،" މިނިސްޓަރު ވިދާޅުވި އެވެ.
ސިނގިރޭޓާއި ބިޑިން ނަގާ ސްޕެސިފިކް ޑިއުޓީ ތިން ރުފިޔާއިން އަށް ރުފިޔާ މި ސަރުކާރުން ބޮޑު ކުރީ ނޮވެމްބަރު، 2024، ގަ އެވެ. އޭގެ އިތުރުން ދުންފަތުން ނަގާ އެޑްވަލޮރެމް ރޭޓު ވެސް 50 ޕަސެންޓުން 100 ޕަސެންޓަށް ބޮޑު ކުރި އެވެ.
ސަރުކާރުން ގެނައި އެ ބަދަލުތަކަކާއެކު ވަގު ދުންފަތުގެ ބޮޑު ކަޅު ބާޒާރެއް އުފެދި، ފޭކު ސިނގިރޭޓު މުޅި ރާއްޖެއަށް އާންމުވި އެވެ. ކުރިން ސިނގިރޭޓު ވިއްކި އަގަށް ވުރެ މާ އަގުހެޔޮކޮށް ފޭކު ސިނގިރޭޓު މިހާރު ވެސް ލިބެ އެވެ.
އިހުސާން ވިދާޅުވީ، ޑަބްލިއުއެޗްއޯގެ ލަފަޔަށް މަޝްވަރާ ކުރުމަށްފަހު ސަރުކާރުން އެކަމާ ގުޅޭ ގޮތެއް ނިންމާނެ ކަމަށެވެ.
"މިއީ އަޅުގަނޑުމެން ކޮންސިޑާ ކުރަމުން އަންނަ ރޭޓެއް މިހާރު ވެސް. ކަމާބެހޭ ހުރިހާ އިދާރާތަކާ އަދި މިކަމުގައި ޑިޒިޝަން ނެގުމުމުގައި ހުރިހާ ސްޓޭކްހޯލްޑަރުންނާ އަޅުގަނޑުމެން މި މަޝްވަރާތައް ކުރާނަން، ކޮށްފައި އެ ރޭޓަށް ދާންޖެހޭ ކަމަށް އަޅުގަނޑުމެން ހުރިހާ އެންމެންނަށް އެއްބަސްވެވެންޏާ ރައްޔިތުންގެ މަޖިލީހަށް އެ ރިކޮމެންޑޭޝަން ސަރުކާރުން އަރުވާނެ،" އިހުސާން ވިދާޅުވި އެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑީގައި ކުރިން އިންނެވި މުހައްމަދު ސިނާނުގެ ގޮނޑި ގެއްލުނީ އޭނާގެ ކިބައިން މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް އޭޕްރީލް 12، ގައި ސުޕްރީމް ކޯޓުން ކަނޑައެޅުމުންނެވެ. މެންބަރު ކަމުގެ ޝަރުތު ގެއްލުނީ ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދިޔުމުންނެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަ ކުރައްވާނީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އަބްދުﷲ ސޯދިހު (ސޯބެ) އާއި ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ފަރާތުން އަހުމަދު ސައީދު (ސޮޑާ) އެވެ.
ބައި-އިލެކްޝަން ބޯމަތިވެފައި އޮއްވާ ދުންފަތުގެ ޓެކްސް ކުޑަ ކުރުމުގެ މަސައްކަތް ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ