އަނެއްކާވެސް މެސީއަށް ރެކޯޑެއް، ކޮންމެ މެޗެއްގައި އާ ކަމެއް

ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގައި މިހާތަނަށް ފެނުނު އެންމެ ބޮޑު ހައިރާންކަމުން އާޖެންޓީނާ މިއަދު ސަލާމަތްވީ ހަމަ ކިރިޔާ އެވެ. ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރަށް ވާދަކުރި ކޭޕް ވާޑޭ އަތުން އިތުރު ވަގުތުގެ ދެވަނަ ހާފުގައި ބައި ކޮޅަށް ވަން ލަނޑަކީ، ކެޕްޓަން ލިއޮނެލް މެސީއަށް ވެސް އެ ބޮޑު ލަދުން ސަލާމަތްވި ސަބަބެވެ.
ގަދަ 32ގެ މި ވާދަކުރުން 3-2 އިން ކާމިޔާބުކޮށް އާޖެންޓީނާ ގަދަ 16އަށް އެ ދިޔައީ އެވެ. މެޗުގެ ފުރަތަމަ ހާފުގައި މެސީ ޖަހާލި ލަނޑުން، މި މުބާރާތުގައި އޭނާގެ ޖުމްލަ ހަތަކަށް އެރުވީ އެވެ. ރަން ބޫޓާ އެންމެ ކައިރީގައި އެ ހުރީ 39 އަހަރުގެ ކުޅުންތެރިޔާ އެވެ.
އެއަށް ވުރެ ބޮޑަށް މިއަދު އަނެއްކާވެސް މެސީ އެ ވަނީ ވޯލްޑް ކަޕްގެ ތާެރީހުގައި އާ ރެކޯޑެއް ހަދައިފަ އެވެ: 30 މެޗު ކުޅުނު ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފެވެ. ސަޕޯޓަރުން އުފާކުރާށެވެ. ހިތްހަމަނުޖެހޭ މީހުން އަޅާނުލާށެވެ.
2022ގެ ވޯލްޑް ކަޕް
އޮސްޓްރޭލިޔާއާ ދެކޮޅަށް، ގަދަ 16 ،1 ލަނޑު
ނެދަލެންޑްސްއާ ދެކޮޅަށް، ކްއާޓާ ފައިނަލް، 1 ލަނޑު
ކްރޮއޭޝިއާއާ ދެކޮޅަށް، ސެމީ ފައިނަލް، 1 ލަނޑު
ފްރާންސްއާ ދެކޮޅަށް، ފައިނަލް، ދެ ލަނޑު
މިހާރު ކުރިއަށްދާ ވޯލްޑް ކަޕް
އަލްޖީރިޔާއާ ދެކޮޅަށް 3 ލަނޑު (ވޯލްޑް ކަޕްގައި މެސީގެ ފުރަތަމަ ހެޓްރިކް)
އޮސްޓްރިޔާއާ ދެކޮޅަށް، 2 ލަނޑު
ޖޯޑްންއާ ދެކޮޅަށް، 1 ލަނޑު
ކޭޕް ވާޑޭ ކޮޅަށް،1 ލަނޑު
މިއަދުގެ ލަނޑާ އެކު ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ގޮތުން އަދަދު 20އަށް ވެސް އެރުވީ އެވެ. ވޯލްޑް ކަޕްގައި ޖެހިޖެހިގެން އަށް މެޗުގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާ ވެސް މެ އެވެ. އެހެންކަމުން މެސީގެ ކޮންމެ ލަނޑަކާއި ލަނޑު ޖަހަން ފޯރުކޮށްދޭ ކޮންމެ ބޯޅައެއް ދެން ވާނީ އާ ރެކޯޑްތަކަށެވެ.
މުބާރާތުގެ ނޮކްއައުޓް ބުރުގައި 1966ގެ ފަހުން ޕެލޭ އާއި ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭގެ ރެކޯޑަށް ވުރެ މައްޗަށް މެސީ ވަނީ ގޮސްފަ އެވެ. ނޮކްއައުޓް މެޗުތަކުގައި ޖެހި ލަނޑާއި ލަނޑު ޖަހަން އެހީވުމުގެ ބޯޅަތައް އެއްކޮށްލުމުން ޖުމްލައަކީ 12 (ހަ ލަނޑު، ލަނޑު ޖަހަން ހަ ފުރުސަތު) އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ