ބަގީއަކާއެކު މޫދަށް ވެއްޓުނު ކުޑަކުއްޖަކު ނިޔާވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ، އދ. ހަންޏާމީދޫގައެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި، އިއްޔެގެ ވަގުތެއްގައި އެ ރަށު ބަނދަރު ކައިރީ ތަޅުދަނޑި ޖަހާފައި ހުރި ބަގީއަކަށް އެ ކުއްޖާ އަރައި، ސްޓާޓްކޮށްލި ވަގުތު ބަގީއާއެކު މޫދަށް ވެއްޓުނެވެ. އެ ވަގުތު ދޯންޏެއްގަައި ޖެހި، ކުއްޖާއަށް ވަރަށް އަނިޔާވި ކަމަށާއި އެ ކުއްޖާ ނިޔާވީ ހަންޏާމީދޫ ޞިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާ ދެނިކޮށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މި ހާދިސާގައި ނިޔާވީ ޢުމުރުން 13 އަހަރުގެ ކުއްޖެކެވެ. އެއީ، އެ ރަށު ޑެއިޒީވިލާ، ޢަލީ އަނަސް ބިން މުޙައްމަދު އަރީޝްއެވެ.
އަރީޝްގެ މައްޗަށް ކަށުނަމާދުކޮށް، ރޭގެ ވަގުތެއްގައި ވަނީ ވަޅުލާފައެވެ.
ބަގީއަކާއެކު މޫދަށް ވެއްޓުނު ކުޑަކުއްޖަކު ނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ