ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ ޕީސީބީގައި ބޭންކިން ދާއިރާ ތަމްސީލުކުރާ މެންބަރެއްގެ ގޮތުގައި ޒައިނާ އަބްދުﷲ އައްޔަނުކޮށްފި އެވެ.
ވީ ކިހިނެއް؟ - ޕީސީބީން މިއަދު ބުނީ އެ ބޯޑުގެ މެންބަރުކަމަށް ޒައިނާ އައްޔަނު ކުރީ އިއްޔެ ކަމަށެވެ.
ތަފްސީލް - ޒައިނާއަކީ ބޭންކިން އަދި ފައިނޭންސް ދާއިރާ، ހާއްސަކޮށް ކޯޕަރޭޓް ފައިނޭންސް އާއި އިސްލާމިކް ބޭންކިން އަދި ގަވަނެންސްގެ ދާއިރާގައި 10 އަހަތުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން:
މިހާރު ހުންނެވީ އިސްލާމިކް ބޭންކުގެ ހެޑް އޮފް ކޯޕަރޭޓް ޕްރޮސެސިން ގެ މަގާމުގަައި
އޭގެ ކުރިން އޭނާ ވަނީ ޕީސީބީގައި ސީނިއާ އޮފިސަރެއްގެ މަގާމު އަދާކުރައްވާ، ދައުލަތުގެ
ކުންފުނިތަކުގެ މަސައްކަތްތައް މޮނީޓާކޮށް އިވެލުއޭޓް ކުރުމާއި މާލީ
ބަޔާންތަކާއި ބަޖެޓުތަކުގެ އިތުރުން ބިޒްނަސް ޕްލޭންތައް ދިރާސާކޮށް ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އިދާރީ
މަސައްކަތްތަކުގައި މުހިންމު ދައުރެއް އަދާކުރައްވާފަ އެވެ.
ތައުލީމާއި ތަޖުރިބާ:
މެލޭޝިއާގެ
އިންޓަނޭޝަނަލް ސެންޓަރު ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް (އިންސިފް) އިން މާސްޓާ އޮފް އިސްލާމިކް
ފައިނޭންސް ޕްރެކްޓިސް ފުރިހަމަކުރައްވާފައިވޭ
އިންޑިއާގެ ޔުނިވާސިޓީ އޮފް ޕޫނޭ އިން ބެޗްލާ އޮފް ކޮމާސް ހާސިލުކުރައްވާފައިވޭ
ފަންނީ ހުނަރުތަކުގެ ތެރޭގައި ކޯޕަރޭޓް ފައިނޭންސިން، ކްރެޑިޓް ރިސްކް އެސެސްމަންޓް، ގަވަނަންސް، ރެގިއުލޭޓަރީ ކޮމްޕްލަޔަންސް، އަދި ސްޓްރެޓީޖިކް މެނޭޖްމަންޓް ހިމެނޭ
ޕީސީބީގައި ބޭންކިން ދާއިރާ ތަމްސީލުކުރާ މެންބަރަކަށް ޒައިނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ