ރައްޔިތުން އެދިގެން ދެ ގޯޅިއެއް ބަންދު ކުރަނީ

އެއްގަމު އުޅަނދުތަކަށް ނުވަދެވޭ ގޮތަށް ދެ ގޯޅިއެއް ބަންދު ކުރުމަށް އެ ގޯޅިތަކުގެ ދިރިއުޅޭ ބައެއް ރައްޔިތުން އެދިފައިވާތީ އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވީ އެ ގޯޅިތަކުގައި ދިރިއުޅޭ ބައެއް ރައްޔިތުން އެކަމަށް އެދިފައިވާތީ އެ ގޯޅިތަކުގައި އުޅޭ ރައްޔިތުންނާއެކު މަޝްވަރާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް ބަންދު ކުރަން ނިންމާފައިވާ ގޯޅިތަކެއް މިނިސްޓަރު ހާމައެއް ނުކުރައްވަ އެވެ.
"ކޮންމެ ގެއެއްގެ ފަރާތްތަކާ ބައްދަލުކޮށް މައުލޫމާތު އެއްކޮށްފަ މިހާރު ވަނީ،” މިނިސްޓަރ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ