ރަޖުނީ މަގާމުގެ މަސްއޫލިއްޔަތުން އެކަހެރި ކޮށްފިން: ފުލުހުން

ރަޒްނީއަށް މި ފިޔަވަޅު އެޅީ އުސޫލާ ހިލާފަށް ވަގު ލިޔުންތަކެއް ހުށަހަޅައިގެން ވިނަރެސްގެ ފްލެޓެއް ހޯދި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.
ފުލުހުންގެ ހުދުމަތުގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ހެޑްގެ މަގާމުގައި މަސައްކަތްކުރައްވަމުން ގެންދަވާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު ކުރައްވަމުން ގެންދެވި މަސައްކަތްތައް ވަގުތީގޮތުން އެހެން ފަރާތަކާއި ހަވާލުކުރެވިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
‏ރަޒްނީއަށް މި ފިޔަވަޅު އެޅީ އުސޫލާ ހިލާފަށް ވަގު ލިޔުންތަކެއް ހުށަހަޅައިގެން ވިނަރެސްގެ ފްލެޓެއް ހޯދި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.ފުލުހުންގެ ތަރުޖަމާން އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވި ގޮތުގައި ‏މި ފިޔަވަޅަކީ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންސްގައި މިވަގުތު ކުރަމުންގެންދާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާގުޅޭ ތަހުގީގުގެ ކްރެޑިބިލިޓީ ހިފެހެއްޓުމާއި އެ ތަހުގީގަށް އެއްވެސް ކަމަކުން ނުރަނގަޅު އަސަރެއް ނުފޯރާނެކަން ޔަގީންކުރުމަށްޓަކައި ގެނައި ބަދަލެކެވެ.‏އަދި މި ނިންމުމަކީ އެސްޕީ ރަޖުނީ ޝުއައިބާ ގުޅޭގޮތުން އެ ހިދުމަތުން ޔަގީންކުރަމުންދާ ކަންކަމުގައި އެފަރާތުން އެއްވެސް ނުރަނގަޅު އަމަލެއް ހިންގާފައިވާކަން މިހާތަނަށް ފާހަގަކުރެވިގެން ނިންމި ނިންމުމެއް ނޫންކަމުގައިވެސް ވިދާޅުވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ